ހާރުކާ ވަގުތު މި ކެއުންތަކާ ދުރުވޭ

ފޮޓޯ/ޕިންޓްރެސްޓް

ރަމަޟާން މަހަކީ މުސްލިމުންގެ ކެއުމާއި ނިދުމުގެ ވައްޓަފާޅިއަށް ނުހަނު ބޮޑެތި ބަދަލުތަކެއް އަންނަ މައްސަރެކެވެ. މި ބަދަލުތަކުގެ ސަބަބުން ހަށިގަނޑުގެ ބަޔޮލޮޖިކަލް ސިސްޓަމަށް ވެސް ބޮޑެތި ބަދަލުތަކެއް އާދެއެވެ.

ރޯދައަށް ނިޔަތް ގަތުމަށްފަހު ހާރަށް ކެވުނު ކެއުންތަކުގެ ސަބަބުން އިތުރު ތަކުލީފެއް ހަށިގަނޑަށް އުފުލަންޖެހުމަކީ މީހާގެ ވަރުދެރަވެ، ރޯދަ ވަރުބަލިވުމަށް މަގުފަހިކުރުވާނެ ކަމެކެވެ.

ރަމަޟާން މަހުގެ ހާރު ކެއުންތައް ތައްޔާރުކުރާއިރު މި ދަންނަވާ ކެއުންތަކާ ދުރުހެލިވުމަށް ވީހާވެސް ބޮޑަށް ސަމާލުކަންދޭށެވެ.


• އާދައިގެ ނުވަތަ ރިފައިންޑް ކާބޯހައިޑްރޭޓްސް އެކުލެވޭ ކާނާ

މީގެ ތެރޭގައި ހަކުރު، ހުދު ފުށް، ތަފާތު އެކި ވައްތަރުގެ ޕޭސްޓްރީން ތައްޔާރުކޮށްފައި ހުންނަ ކާނާ އަދި ތަފާތު ވައްތަރުގެ ސީރިއަލް ހިމެނެއެވެ.

މި ކާބޯތަކެތީގެ ސަބަބުން ހަށިގަނޑަށް ހިތްހަމަޖެހުމެއް ލިބޭނީ އެންމެ ތިން، ހަތަރު ގަޑިއިރަށެވެ. އޭގެ ސަބަބުން ފަހުން ވަރުބަލިވެ އަވަހަށް ބަނޑުހައިވުމުގެ އިހުސާސް ކުރުވާނެއެވެ.

• ލޮނުގަދަ ކާނާ

މާ ބޮޑަށް ލޮނު އެކުލެވޭ ނުވަތަ ލޮނުގަދަ ކާނާ ބޭނުން ކުރުމުން ހަށިގަނޑުގައި ސޯޑިއަމް ލެވެލް އިމްބެލެންސްވުމުގެ ފުރުސަތު ބޮޑުވެ ރޯދައަށް ހުންނަ ވަގުތު ކަރުހިއްކުން އިތުރުކޮށްދެއެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބަށް ހޫނު ގަދަ ދުވަސްކޮޅެއް ކަމުން މިފަދަ ކެއުންތަކާ ދުރުހެލިވުމަކީ އެންމެ ރަގަޅު ނިންމުމަށް ވާނެއެވެ.

ފޮޓޯ/އިންޓަނެޓް

• ކެފެއިން އެކުލެވޭ ބުއިންތައް

ކެފެއިން އެކުލެވޭ ބުއިންތަކަކީ ހަށިގަނޑުގައި އިންސޮމްނިއާ އާއި ނުތަނަވަސްކަން އުފެދި ވަރުބަލިވުމުގެ ފުރުސަތު ބޮޑު ބުއިންތަކެކެވެ. ކޮފީ، ގްރީން ޓީ އަދި އެނަޖީ ޑްރިންކް ފަދަ ބުއިންތަކަކީ ކެފެއިންގެ މިންވަރު ގިނަ ބުއިންތަކެކެވެ. މިފަދަ ބުއިންތަކުގެ ސަބަބުން ރޯދައަށް ހުންނަ ވަގުތު ހަށިގަނޑު ހައިޑްރޭޓްވުމުގެ ފުރުސަތު ހަށިގަނޑަށް ނުލިބި މުޅި ދުވަސް ކަރުހިއްކުމުގައި ހޭދަވުމަށް މަގުފަހިކޮށްދެއެވެ.

comment ކޮމެންޓް