ރެޑް ބުލް ފޯ 2 ސްކޯ ދެވަނަ ފަހަރަށް ރާއްޖެއަށް

މިއަަހަރުގެ މުބާރާތުގެ ތެރެއިން ----

ރެޑްބުލް ފޯ ސްކޯ ދެވަނަ ފަހަރަށް ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

ދުނިޔޭގެ 25 ގައުމަކުން އޭމެޗާ ކުޅުންތެރިންނަށް އެ މީހުންގެ ގައުމު ތަމްސީލު ކުރުމުގެ ފުރުސަތު މި މުބާރާތުން ލިބޭއިރު، މިއީ މި މުބާރާތުގެ ދެވަނަ އެޑިޝަންގެ ޗެންޕިއަންޝިޕެވެ.

އެގޮތުން މި އަހަރު ރާއްޖޭގައި 16 ކޮލިފައިން ކުޅެވޭއިރު ކޮންމެ ކޮލިފައިންއަކުން އެއްވަނައެއް ވާދަކުރަނީ މި މަހު 22ގައި ހުޅުމާލެ ޔޫތުޕާކްގައި ބާއްވާ ޤައުމީ ފައިނަލްގައެވެ.

އެއާއެކު، ރެޑްބުލް ފޯ-2 ސްކޯ މޯލްޑިވްސްގައި 200 އަށް ވުރެ ގިނަ ޓީމާއި 1000 ކުޅުންތެރިން ބައިވެރިވާއިރު ވަނަވަނައަށް އަންނަ ފަރާތްތަކަށް ރާއްޖެ ތަމްސީލް ކުރުމުގެ ފުރުޞަތު މި މުބާރާތުގައި ލިބޭނީ ޖަރުމަނުގެ އާރްބީ ލައިޕްޒިގްގައި ބާއްވާ ވޯލްޑް ފައިނަލްގައެވެ.

މިއަަހަރުގެ މުބާރާތުގެ ތެރެއިން ----
ރާއްޖޭގައި މިހާރު ފެށިގެން އައިލެންޑް ކޮލިފައިންގައި ނުވަ ޓީމަކުން މޮޅުވެ ޤައުމީ ފައިނަލަށް ވަނީ ދަތުރުކޮށްފައެވެ.
އެގޮތުން މާލެ ސިޓީ ކޮލިފައިންގެ ހަތް މެޗު ކުރިއަށްދާނީ މާދަމާއިން މި މަހު 20އަށް ރޭގަނޑު 09:00 ޖަހާއިރު، ހުޅުމާލެ ޒުވާނުންގެ ޕާކުގައެވެ.

ކޮލިފައިންގައި ވާދަކުރާ ފަރާތްތައް:
• ކުޅުދުއްފުށީ ސިޓީ ކޮލިފައިންގައި – ޓީމް ޒިގްޒާގް
• ހދ. ހަނިމާދޫ ކޮލިފައިންގައި – ޓީމް އަލްހީ ބްރޫވްސް
• ތިނަދޫ ސިޓީ ކޮލިފައިން – ޓީމް ރެމްޕޭޖް
• ލާމު ގަން ކޮލިފައިން – ޓީމް އިޤްބާލް
• ބ.ގޮއިދޫ ކޮލިފައިން – ކައްކާނި ޖޫނިއަރސް
• ފުވައްމުލަކު ސިޓީ ކޮލިފައިންގައި – އީތަން މިތަން
• އައްޑޫ ސިޓީ ކޮލިފައިން – ކްލަބް ލޮތަރި
• ކ.މާފުށި ކޮލިފައިން – ޓީމް ބިއަންކޯ އެފްސީ
• ވަން އެންޑް އޮންލީ ރީތީ ރާހް ކޮލިފައިން – ކިންގްސް އޮފް ދަ ރޯޑް

ރެޑްބުލްގެ އެންމެ ނަން މަޝްހޫރު ބައެއް ކްލަބުތަކުން މި މުބާރާތުގައި ބައިވެރިވެ ލޯކަލް ކޮލިފިކޭޝަންތަކުން ފެށިގެން ވޯލްޑް ފައިނަލާ ހަމައަށް ކުޅުންތެރިންނަށް ސަޕޯޓް ކުރާއިރު، އޭގެ ތެރޭގައި އެފްސީ ރެޑްބުލް ސަލްޒްބާގް، ރެޑްބުލް ބްރެގަންޓީނޯ، ނިއުޔޯކް ރެޑްބުލްސް އަދި އާރުބީ ލައިޕްޒިގް ހިމެނެއެވެ.

މިއަަހަރުގެ މުބާރާތުގެ ތެރެއިން ----

މި އަހަރު ސެޕްޓެމްބަރުގައި ބާއްވާ ވޯލްޑް ފައިނަލްގައި ފްރީސްޓައިލް ފުޓްބޯޅަ ކުޅުންތެރިޔާ ޝޯން ގާނިއާ ހިމެނޭ ގޮތަށް ބައިވެރިންނަށް ވިންގްމަންގެ ގޮތުގައި ދުނިޔޭގެ އެންމެ މޮޅު ބައެއް ކުޅުންތެރިން ބައިވެރިވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް