‎ޓިކެޓާއި ބޯޑިން ޕާސް ވެސް މިހާރު ގޫގުލް ވޮލެޓަށް ލެވޭނެ

‎ގޫގުލްއިން އެ ކުންފުނީގެ ވޮލެޓް އެޕްލިކޭޝަނަށް މުޅިން އާ ފީޗާތަކެއް ތަޢާރަފުކޮށްފިއެވެ.

ގޫގުލްއިން އިތުރުކުރި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ގޫގުލް ވޮލެޓަށް ޓިކެޓާއި ބޯޑިން ފާހާއި ‎‎އެހެނިހެން ފާސްތައް އެޑްކޮށް، ފަސޭހަކަމާއެކު ތަރުތީބު ކުރެވޭ ފީޗާއެވެ.

‎މި ހަފުތާގައި ނެރުނު އެ އަޕްޑޭޓާއެކު، ގޫގުލް ވޮލެޓަށް މިހާރު އޮޓޮމެޓިކުން ފިލްމު ތީއޭޓަރުގެ ޓިކެޓާއި ބޯޑިން ޕާސް އެޑްކޮށްލެވޭއިރު، ޖީމެއިލް އިންބޮކްސްގައި ޓިކެޓް ކޮންފަމޭޝަން ޖައްސާފައިވާ ނަމަ ކޮންމެ ވަގުތަކުވެސް ވޮލެޓުން އެމަސައްކަތް އޮޓޮމެޓިކުން ކޮށްދޭނެއެވެ.‎

‎އަލަށް ތަޢާރަފުކުރި އޮޓޯ އެޑް ކެޕޭސިޓީ އަދި، މަސައްކަތް ކުރަނީ ބައެއް ތިއޭޓަރުތަކާއި އެއާލައިންތަކަށް ކަމަށްވިޔަސް ގޫގުލްއިން ބުނީ ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި ޕާޓްނަރުން އިތުރުވާނެ ކަމަށެވެ.‎

‎މި އަޕްޑޭޓް ތައާރަފުކޮށްފައިވަނީ، ގޫގުލް ވޮލެޓަކީ އެމީހެއްގެ ހުރިހާ ފާސްތަކަކާއި ޓިކެޓެއްގެ ސެންޓްރަލައިޒްޑް ހަބަކަށް ހެދުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ‎‎ތެރެއިންނެވެ.

މިދިޔަ މަހު އެ ކުންފުނިން ވަނީ 'ވެއާ އޯއެސް'އަށް ވޮލެޓް އެކްސެސް ފުޅާކޮށް، އެންޑްރޮއިޑް ސްމާޓްވޮޗްގެ ޔޫޒަރުންނަށް ބޯޑިން ‎‎ޕާސް އަދި އިވެންޓް ޓިކެޓް ފަދަ ޕާސްތައް އެ މީހުންގެ އަތުކުރީ ގަޑިންވެސް ބެލޭނެ ގޮތް ހަދައިފައެވެ.‎

‎ވޮލެޓުން މެނުއަލްކޮށް ޕާސް އާކައިވް ކުރުމުގެ ގާބިލުކަން ވެސް ގޫގުލްއިން ފޯނަށާއި ގަޑިއަށްވެސް އިތުރުކުރިއެވެ. އާކައިވްކޮށްފައިވާ ‎‎ޕާސްތައް ޚާއްޞަ "އާކައިވްޑް ޕާސް" ސެކްޝަނެއްގައި ޓަކްކޮށްފައި ހުރި ނަމަވެސް ބޭނުންވެއްޖެ ނަމަ ފަސޭހައިން ރީސްޓޯ ކުރެވޭނެއެވެ.‎

‎މިފަހުގެ އިތުރު އަޕްޑޭޓްތަކާއެކު ގޫގުލް ވޮލެޓް ވާނީ ޑިޖިޓަލް ޓިކެޓާއި ޕާސްތައް އިންތިޒާމުކޮށް ޑިވައިސްތަކުގައި ލިބެން ހުންނާނެ ބާރުގަދަ ‎‎ވަސީލަތަކަށެވެ. އޮޓޯ-އެޑް އާއި ބޯޑިން ޕާސް ފީޗާގެ ސަބަބުން އެ ތަޖުރިބާ އިތުރަށް ފުރިހަމަވާނެއެވެ.

comment ކޮމެންޓް