ގޫގުލްގެ އަހަރީ ކޮންފަރެންސް މެއި 14ގައި: އުންމީދުކުރަނީ ކޮންކަމަކަށް؟

ގޫގުލް އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އައިއޯ ޑިވެލޮޕަރު ކޮންފަރެންސް މި މަހުގެ 14 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ.

މި ހަރަކާތުގެ ތެރެއިން ކުރިއަށް އޮތް އަހަރަށް އެ ކުންފުނީގެ ބޮޑެތި ސޮފްޓްވެއާ އަޕްޑޭޓްތަކާއި ޚާއްޞަ އާ އުފެއްދުންތައް ފެނިގެންދާނެއެވެ.

ގޫގުލްގެ ޑިވެލޮޕަރުންނަށް ހާއްސަ ކޮންފަރެންސް ، ގޫގުލް އައިއޯ އަކީ ކޮންމެ އަހަރަކުވެސް ގޫގުލްގެ އާ ސޮފްޓްވެޔަރތައް ދައްކާލުމާއި, ޑިވެލޮޕަރުންނަށް އާ ފީޗާސްތަކުގެ ޑޮކިއުމެންޓޭޝަން ދިނުމަށް ހަފްތާއެއްގެ މުއްދަތައް މައުންޓް ވިއު، ކެލިފޯނިއާގައި ބާއްވާ ޑިވެލޮޕަރުންގެ އީދެކެވެ.

އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކުން އެންމެ ބޮޑަށް އިންތިޒާރު ކުރަމުންދާ އެންޑްރޮއިޑް 15 ގެ ބީޓާ މިމަހު ނެރެފައިވާއިރު، އޭގެ އިތުރު ތަފްޞީލްތައް އައިއޯ ކޮންފަރެންސް 2024 ގައި ނެރޭނެ ކަމަށް ބެލެވެއެވެ.

ޓެކް ރިޕޯޓްތަކުން އަންދާޒާކޮށްފައިވާ އެންޑްރޮއިޑް 15 ފީޗާތަކުގެ ތެރޭގައި ސެޓެލައިޓް ކަނެކްޓިވިޓީ ރަނގަޅުކުރުމާއި، އާ ޕްރައިވެސީ ކޮންޓްރޯލްތަކާއި، ޓެބްލެޓްތަކަށް ބޭނުންވާ ސްކްރީން ވިޖެޓްތައް ލޮކްކުރުމާއި، ބެޓެރީގެ ހެލްތް މޮނިޓާކުރުމަށް ފަސޭހަވުން ހިމެނެއެވެ.

އައިއޯ 2024 އެންމެ ބޮޑު ސަމާލުކަމެއް ދޭނީ އާޓިފިޝަލް އިންޓެލިޖެންސަށް ކަމަށް ބެލެވެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ގޫގުލްގެ ޚާއްޞަ އޭއައި ޗެޓްބޮޓް ޖެމައިނީ ޕަވާޑް ޕިކްސެލް ޑިވައިސްތަކަށް ކަސްޓަމައިޒްކޮށްފައިވާ "ޕިކްސީ" ނަމަކަށް ކިޔާ އޭއައި މޮޑެލްއެއް ވެސް ދައްކާލާނެއެވެ.

އޭގެ އިތުރުން، ސާޗް، ކްރޯމް، މެޕްސް އަދި ވޯކްސްޕޭސް އެޕްލިކޭޝަންތައް ފަދަ ގޫގުލްގެ މުހިންމު ޕްރޮޑަކްޓްތަކުގައި ޖެނެރޭޓިވް އޭއައި އިންޓަގްރޭޝަންގެ އާ ވާހަކަތައް އަޑުއަހައިލެވޭނެ ކަމަށް ބައިވެރިންނަށް އުންމީދު ކުރެވިދާނެއެވެ.

އަދި އޭގެ އިތުރުންވެސް ވެއާ އޯއެސް ސްމާޓްވޮޗް، ގޫގުލް ޓީވީ، އެންޑްރޮއިޑް އޮޓޯ އަދި ގޫގުލްގެ ކުއަންޓަމް ކޮމްޕިއުޓިން މަސައްކަތްތަކުގެ އަޕްޑޭޓްތައް ވެސް ފެންނާނެކަމަށް އުންމީދުކުރެވިދާނެއެވެ. އެހެން ނަމަވެސް ޕިކްސެލް ސްމާޓްފޯނުތަކާއި ފޯލްޑަބަލް ޑިވައިސް ތައް މި އަހަރުގެ ފަހުކޮޅާ ހަމައަށް ހާމަކުރުން ހުއްޓާލާނެ ކަމަށް ބެލެވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ގޫގުލްއިން މި އަހަރު އާ ޕްލެޓްފޯމެއް “އެކްސްއާރް”ގެ ނަމުގައި ތައާރަފް ކުރާނެއެވެ. މިއީ އެޕަލްގެ ވިޒަން ޕްރޯ ފަދަ ޑިވައިސްއެއް ގޫގުލްއިން ތައްޔާރު ކުރުމަށް ތާއާރަފްކުރާ ޕްލެޓްފޯމެކެވެ.

މި އިވެންޓް ޔޫޓިއުބް މެދުވެރިކޮށް ގޫގުލްއިން ލައިވް ކުރާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު