އެކިރަހަ: ޝަވަރްމާޝީގެ ޕެރިޕެރި ސްޕެޝަލް ސެލެޑް

ރެސްޓޯރަންޓުގެ ޕެރިޕެރި ސްޕެޝަލް ސެލެޑް ---

މި ރޯދަ މަހަށް ޚާއްޞަކޮށް އެސްއެސްޓީވީން ގެނެސްދޭ އެކިރަހަ ޕްރޮގްރާމްގައި މިއަދު ގެނެސްދެނީ ހުޅުމާލޭގެ ޝަވަރްމާޝީ ރެސްޓޯރަންޓުގެ ޕެރިޕެރި ސްޕެޝަލް ސެލެޑް ތައްޔާރުކުރާނެ ގޮތެވެ.

މި ސެލަޑަކީ ރޯދަވީއްލާ ގަޑީގައި ކެއުމަށް ކަމުދާނެ، ސިއްހަތަށް ފައިދާ ހުރި މޭވާއާއި ތަރުކާރީ ހިމަނައިގެން ފަސޭހައިން ތައްޔާރުކުރެވޭ ސެލެޑެކެވެ.

ބޭނުންވާ ތަކެތި:

  • ލުނބޯ
  • ސްޕްރިންގް އޮނިއަން
  • އެވަކާޑޯ
  • ޓޮމާޓޯ
  • ފިޔާ
  • އޮލިވް
  • ޕެރިޕެރި ފްލޭވާގެ ކުކުޅު
  • އޮލިވް އޮއިލް
  • ސްވީޓް ކޯން
  • ލޮނު

ތައްޔާރު ކުރާނެ ގޮތް:

ޕެރިޕެރި ސެލެޑް ތައްޔާރުކުރުމަށްޓަކައި، އެންމެ ފުރަތަމަ ޕެރިޕެރި ސީޒަނިން ބޭނުންކޮށްގެން ކުކުޅެއް ފިހެ، ކިއުބްކޮށް ކޮށާލާނީއެވެ.

އެއަށްފަހު ސެލެޑަށް ބޭނުންވާ އޮލިވްކޮޅާއި، ފިޔާ، އެވަކާޑޯ، ޓޮމާޓޯ ކިއުބްކޮށް ކޮށާލާނީއެވެ. ސްޕްރިންގް އޮނިއަން ވެސް ސެލަޑަށް ބޭނުންކުރާނީ ކޮށައިގެންނެވެ.

ޕެރިޕެރި ސެލަޑަށް ބޭނުންވާ ތަކެތި ކޮށައި ނިންމުމަށް ފަހު، ކޮށި ހުރިހާ ތަކެއްޗެއް ކުކުޅުކޮޅާ އެކު ތައްޓަކަށް އަޅާލާނީއެވެ.

އެއަށް ފަހު ރަހަލާ ވަރަށް ލޮނު ކޮޅެއް އަޅާނީއެވެ. ދެން ލުނބޯ ކޮޅެއް ފެލައިލުމަށް ފަހު އޮލިވް އޮއިލްކޮޅެއް އަޅާނީއެވެ.

އޭގެ ފަހުން ހުރިހާ ތަކެއްޗެއް އެއްކޮށްލާނީއެވެ.

މިހާރު ޕެރިޕެރި ސެލެޑް ކެއުމަށް ހުންނާނީ ތައްޔާރު ވެފައެވެ.

comment ކޮމެންޓް