ޗާޓަޑް އެކައުންޓިންގައި ގިނައިީ ބިދޭސީން، ދިވެހިން ތަމްރީނު ކުރުން މުހިންމު: އޮޑިޓާ ޖެނެރަން

އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ---

ރާއްޖޭގެ ޗާޓަޑް އެކައުންޓިން ދާއިރާގައި ގިނައިން މަސައްކަތް ކުރަނީ ބިދޭސީންކަން ފާހަގަ ކުރެވިފައި ވާކަމަށާއި، އެ ދާއިރާއިން ދިވެހިން ތަމްރީނު ކުރުން މުހިންމު ކަމަށް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ މިއަދު ވިދާޅުވެއްޖެއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުގެ އޮފީސް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނިޔާޒީ ވިދާޅުވީ، ޗާޓަޑް އެކައުންޓިން ދާއިރާއަކީ އެހެން ގައުމުތަކުގައި އެ ގައުމުތަކުގެ ސަރުކާރުން ވަރަށް ބޮޑު އެހީތެރިކަމެއް ދީގެން ކުރިއަރުވާފައިވާ ތަންތަން ކަމަށެވެ. އެހެންކަމުން، ސަރުކާރާއި، އޮޑިޓް އޮފީހާއި އެހެން ފަރާތްތަކުން ވެސް ރާއްޖޭގެ ޗާޓަޑް އެކައުންޓިން ދާއިރާއަށް ވަރަށް ބޮޑަށް އިންވެސްޓު ކުރަން ޖެހިފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.

"...އަޅުގަނޑު ދެކޭގޮތުގައި މި ދާއިރާގައި މީހުން ތަމްރީނު ކުރެވުމުން ސަރުކާރަށާއި، ރައްޔިތުންނަށް އަދި މުޅި ގައުމަށް ވެސް އޭގެ ފައިދާ ކުރާނެ. އަޅުގަނޑު އުންމީދު ކުރަނީ އަޅުގަނޑުމެންގެ މި އިމާރާތުން ބައެއް އެ އޮފީސް ހިންގުމަށްޓަކައި ސަރުކާރާ އަދި ރައްޔިތުންގެ މަޖިލީހާ މަޝްވަރާ ކޮށްގެން އެކަން ހަމަޖެހޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.

މީގެ 75 އަހަރު ކުރިން ރާއްޖޭގައި ރަސްމީކޮށް އޮޑިޓް ކުރަން ފެށުނީއްސުރެ ވެސް އެކަމަށް ޚާއްސަ އޮފީހެއް ނެތްކަން ނިޔާޒީ ފާހަގަކުރެއްވިއެވެ. އެހެންކަމުން އޮޑިޓް އޮފީސް ހިންގީ ވުޒާރަތުލް މާލިއްޔާއާއި، ބަނޑޭރި ގޭގެ އޮފީހެއްގެ ބައެއްގެ ގޮތުގައާއި، ފާށަނާ ބިލްޑިންގް އަދި ސަރުކަރުގެ އެކި އިމަރާތްތަކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު މި އޮފީސްތައް ވަނީ ބާވެގެން ތަޅާލާފައި ކަމަށާއި މިވަގުތު އޮޑިޓާ ޖެނެރަލްގެ އޮފީސް ހިންގަނީ އަމިއްލަ ފަރާތެއްގެ އޮފީސް އިމާރާތުގައި ކުއްޔަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންކަމުން ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް އޮޑިޓް އޮފީސް ހިންގުމަށް ވެސް އަދި ސަރުކާރުގެ އެހެން އޮފީސްތައް ހިންގުމަށް ވެސް އެބަ ޚަރަދު ކުރަންޖެހޭ،" އޮޑިޓާ ޖެނެރަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އޮޑިޓް އޮފީހަށް 75 އަހަރު ވާއިރު، އެންމެ އުފާކުރާ ކަމަކީ އަމިއްލަ އޮފީހެއް ލިބި ސަރުކާރުގެ ޚަރަދުތައް ކުޑަ ވާނެ ގޮތަކަށް އޮޑިޓް އޮފީސް ހިންގުން ހަމަޖެހުން ކަމަށެވެ.

comment ކޮމެންޓް