އާސިފް އަލީ ޒަރްދާރީ ދެވަނަ ފަހަރަށް ޕާކިސްތާނުގެ ރައީސް ކަމަށް

ޕާކިސްތާނުގެ އާ ރައީސް އާސިފް ޢަލީ ޒަރުދާރީ -- ފޮޓޯ/އިންގްލިޝް އަރަބިޔާ

ޕާކިސްތާނުގައި އަވަހާރަކޮށްލައިފައިވާ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ފިރިކަލުން އާސިފް އަލި ޒަރުދާރީ ދެވަނަ ފަހަރަށް އެ ގައުމުގެ ރައީސްކަމަށް ކަމަށް އައްޔަންކޮށްފައެވެ.

ޒަރުދާރީ ދެވަނަ ފަހަރަށް ރައީސްކަމުގެ މަގާމަށް ހޮވަން 114 ވޯޓު ލިބިފައިވެއެވެ. ދެކޮޅަށް ދީފައިވަނީ 181 ވޯޓެވެ. މިއީ ނެޝަނަލް އަދި ޕްރޮވިންޝަލް މެންބަރުންގެ އިތުރުން ސެނެޓަރުންގެ ވޯޓުން ހޮވާ މަގާމެކެވެ.

މިދިޔަ ފެބްރުއަރީ އަށްވަނަ ދުވަހު ބޭއްވި އިންތިޚާބަށް ފަހު އުފެއްދި ކޯލިޝަން ސަރުކާރުގައި ޒަރުދާރީ ރައީސް ކަމަށް ހޮވީ ޕާކިސްތާން މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން) ޕާޓީގެ ތާއީދާއެކުގައެވެ. އިންތިޚާބަށްފަހު ވާދަކުރި އެއްވެސް ޕާޓިއަކަށް ސަރުކާރެއް އުފެއްދޭ ވަރަށް ވޯޓު ނުލިބުމުގެ ސަބަބުން ޕީއެމްއެލްއެންއާއި ބުއްޓޫގެ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ)އިން ވަނީ ކޯލިޝަން ސަރުކާރެއް އުފައްދައިފައެވެ.

ކޯލިޝަން އެއްބަސްވުމުގެ ދަށުން ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމަށް އައްޔަންކޮށްފައިވަނީ ޕީއެމްއެލްއެންގެ ޝެހެބާޒް ޝަރީފެވެ. ޝެހެބާޒަކީ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ކޮއްކޮއެވެ.

އުމުރުން 68 އަހަރުގެ ޒަރުދާރީ މީގެ ކުރިން ރައީސް ކަމުގެ މަގާމަށް އައްޔަންކޮށްފައިވަނީ 2008 ވަނަ އަހަރުއެވެ.

ނަމަވެސް ހިޔާނާތުގެ މައްސަލަތަކެއްގައި ޒަރުދާރީ ވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކޮށްފައެވެ.

އިންތިޚާބުގައި ޕީއެމްއެލްއެން 75 ގޮނޑި އަދި ޕީޕީޕީއިން 54 ގޮނޑި ކާމިޔާބު ކޮށްފައިވާއިރު، 93 ގޮނޑިއާ އެކު އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ކުރީގެ ބޮޑު ވަޒީރު އަދި މިހާރު ޖަލުގައި އޮންނެވި އިމްރާން ޚާން ތާއީދު ކުރެއްވި އަމިއްލަ ކެންޑިޑޭޓުންނެވެ. އިންތިޚާބުގެ ނަތީޖާ އޮޅުވާލައިފައިވާ ކަމަށް ބުނެ ޕާކިސްތާނުގައި ވަނީ ވަރަށް ބޮޑަށް މުޒާހާރާ ވެސް ކޮށްފައެވެ.

comment ކޮމެންޓް