ރައީސް ޅ. އަތޮޅަށް ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު ފާދިއްޕޮޅަށް މިއަދު ފުރައިވަޑައިގެންފި---ފޮޓޯ/ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހާރު އަތޮޅު ތެރެއަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ޅ. އަތޮޅަށް މިއަދު ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި އެ އަތޮޅުގެ ތިން ރަށަކަށް ޒިޔާރަތްކުރައްވައި، އެ ހުރިހާ ރަށެއްގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެއެވެ.

ރާއްޖޭގެ ހުރިހާ ކައުންސިލަކާ ބައްދަލު ކުރެއްވުމަށާއި ރައްޔިތުންގެ ހާލު ގާތުން ބެއްލެވުމަށް ރައީސް ކުރައްވަމުން އަންނަ ދަތުރުފުޅުތަކުގެ ތެރެއިން މިހާތަނަށް 145 ކައުންސިލަކާ ވަނީ ބައްދަލުކުރައްވައިފައެވެ.

އެމަނިކުފާނުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުންކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސްގެ މި ދަތުރުފުޅުތަކުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

comment ކޮމެންޓް