ކައުންސިލްތައް ހިންގަން ދޭ ބްލޮކް ގްރާންޓް އިސްލާހުކުރާނަން: ރައީސް

ކ. ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވަން އެރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

ރަށްރަށުގެ ކައުންސިލްތައް ހިންގަން ދޭ ބްލޮކް ގްރާންޓް އިސްލާހުކޮށް، ބޮޑުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ކ. ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވަން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު ގާނޫނުގައި އޮންނަނީ ކައުންސިލްތައް ހިންގުމަށް ވަކި ފޯމިއުލާއެއްގެ ދަށުން ބްލޮކް ގްރާންޓެއް ދޭން ކަމަށެވެ.

މައި ސަރުކާރުން ހުރިހާ އާމްދަނީއެއް އެއްކޮށް، އެ ލިބޭ އާމްދަނީއަކުން ބަޖެޓު ހަދައިގެން، ބަޖެޓުން ލިބޭ އެތިކޮޅެއް ކައުންސިލްތަކަށް ދީގެން، ކައުންސިލްތައް ހިންގާ ހިންގުން ބަދަލުކުރަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކ. ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވަން އެރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

"މީރާއަށް ލިބޭ ޓެކްސް ފައިސާއިން ލާމަރުކަޒީ ފައިސާއިން ކައުންސިލްތަކަށް ބައިކުޅަބައެއް ހަވާލު ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަގީގަތުގައި ވެސް ރައްޔިތުންނަށް ދެވޭ ބާރުވެރިކަމެއް،" ރައީސް ވިދާޅުވިއެވެ.

އޭރުން ކައުންސިލްތަކުން ރަށުގައި އެކި ކަހަލަ އިގުތިޞާދީ މަސައްކަތާއި، އާމްދަނީ އިތުރުކުރުން އަދި ތަންތަން މަރާމާތު ކުރުން ފަދަ ކަންކަން ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން، ބްލޮކް ގްރާންޓު ދޭ އުސޫލު މަޖިލީހުގެ ތެރެއިން އިސްލާހު ގެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް މިއަދު ވެސް ވަނީ އަންހެނުންގެ ކޮމިޓީއަށް ލިބޭ ފަސް ޕަސަންޓަކީ އެ ކޮމިޓީގެ ކަންކަން ކުރަން ދޭ އެއްޗެއް ކަމަށް ހަދަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ރައީސް މީގެ ކުރިން ވަނީ، މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ބާރުވެރިކުރުމުވުމުގެ މަސައްކަތް މަޖިލީހުގެ ތެރެއިން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/189514

އެގޮތުން، އެ މެންބަރުންނަށް ކައުންސިލްގެ ބަޖެޓުގައި ހިމަނައިގެން މުސާރައެއް ދޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް