ރޯދަމަހު ކައިވެނި ކޮށްދޭ ގަޑިތައް އިއުލާނުކޮށްފި

ކައިވެންޏެއް ކުރަނީ: ރޯދަ މަހު ކައިވެނި ކުރަން ވަކި ގަޑިތަކެއް ވަނީ ކަނޑައަޅައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ފެށޭ 1445 ވަނަ އަހަރުގެ ރަމަޟާން މަހާއި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހު ކައިވެނި ކޮށްދޭނެ ގަޑިތައް ފެމެލީ ކޯޓުން މިއަދު އިއުލާނުކޮށްފިއެވެ.

އެ ކޯޓުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ ރޯދަ މަހު ކައިވެނި ކޮށްދޭނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:30 އިން 12:30 އަދި ރޭގަނޑު 21:30 އިން 23:30 އަށް ކަމަށެވެ. އަދި ކޯޓުން ބޭރުގައި ކުރާ ނަމަ ހަފުތާގެ ކޮންމެ ދުވަހެއްގެ 21:30 އިން 23:30 އަށް ކައިވެނި ކޮށްދޭނެ ކަމަށްވެސް އެ ކޯޓުން ވަނީ ބުނެފައެވެ.

އަދި މީގެ އިތުރުން ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ކޯޓުގައި ކައިވެނިކޮށްދޭނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 09:30 އިން 12:30 އަށް އަދި ހަވީރު 16:00 އިން 17:30 އަށެވެ. އަދި ރޭގަނޑު ކައިވެނި ކޮށްދޭނީ ކޮންމެ ދުވަހެއްގެ 19:30 އިން 21:30 އަށް ކަމަށް ފެމިލީ ކޯޓުން ވަނީ އިއުލާނުގައި ބުނެފައެވެ.

ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ކޮންމެ ދުވަހެއްގެ ވެސް 16:00 އިން 17:30 އަދި ރޭގަނޑު 19:30 އިން 21:30 އަށެވެ.

comment ކޮމެންޓް