އިންޑިޔާ ދަނޑުވެރިން އަނެއްކާ ވެސް ދިއްލީއަށް ވަންނަނީ

އިންޑިޔާގައި މުޒާހަރާކުރާ ދަނޑުވެރިން. ފޮޓޯ/ރޮއިޓާސް

ދަނޑުވެރިކަމުގެ ބާވަތްތަކުގެ އެންމެ ދަށް އަގު ކަނޑައެޅުމަށް ގޮވައިލައި އިންޑިޔާގެ ދަނޑުވެރިން ކުރާ މުޒާހަރާ މެދުކަނޑައިލުމަށްފަހު އަލުން ފަށައިފިއެވެ.

މުޒަހާރާ މީގެކުރިން މެދުކަނޑައިލައިފައި ވަނީ ސަރުކާރާއި ޔޫނިއަންތަކުން މަޝްވަރާކުރަމުންދާތީ ކަމަށް އިންޑިއާ ނޫސްތަކުން ބުނެއެވެ. ނަމަވެސް އެ މަޝްވަރާތަކަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާތީ، އަންނަ ބުދަ ދުވަހު ވެރިރަށް ނިއު ދިއްލީއަށް ވަންނާނެ ކަމަށް ދަނޑުވެރިން ބުނެއެވެ.

"މާޗު މަހުގެ ހަވަނަ ދުވަހު މުޅި އިންޑިއާއިން ރޭލާއި ބަހާއި ވައިގެ މަގުން ދަނޑުވެރިން ދިއްލީއަށް އަންނާނެ،" މުޒާހަރާގެ ލީޑަރު ޖަގްޖިތު ސިންގް ދަ ލެވަލް ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުންޏެވެ.

އަދި މާޗު 10ވަނަ ދުވަހު މުޅި އިންޑިއާގެ ރޭލު ލައިންތައް ވެސް ދަނޑުވެރިން ބަންދުކުރާނެ ކަމަށް އޭނާ ބުންޏެވެ.

ފެބްރުއަރީ މަހު ކުރީކޮޅު ފެށި މުޒާހާރާތައް ފެށީ ޕަންޖާބުގެ ދަނޑުވެރިންތަކެކެވެ. އެ މީހުންގެ އަމާޒަކީ މުޒާހަރާ ފުޅާކޮށް ދިއްލީއާ ހަމައަށް ގެންދިއުމެވެ. ނަމަވެސް ފުލުހުން ވަނީ އެ މުޒާހަރާތައް ހުއްޓުވައިފައެވެ.

ސަރުކާރުން ކޮންމެ އަހަރަކު 20އަށް ވުރެ ގިނަ ބާވަތުގެ ބާވަތްތަކަށް ސަޕޯޓް އަގުތައް އިއުލާން ކުރި ނަމަވެސް ދައުލަތުގެ އިދާރާތަކުން ސަޕޯޓް ލެވެލްގައި ގަންނަނީ ހަމައެކަނި ހަނޑުލާއި ގޮދަންފުށެވެ. އެކަމުގެ ފައިދާ ވަނީ އެ ދެ ބާވަތް އުފައްދާ ދަނޑުވެރިންގެ ތެރެއިން އެންމެ 6 އިންސައްތަ ދަނޑުވެރިންނަށެވެ.

2021ވަނަ އަހަރު ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަމުގައި ދަނޑުވެރިކަމުގެ ގާނޫނުތައް އުވާލުމުން ސަރުކާރުން ބުނީ ދަނޑުވެރިކަމުގެ ހުރިހާ އުފެއްދުންތަކަށް ސަޕޯޓް އަގުތައް ކަށަވަރުކުރެވޭނެ ގޮތްތައް ހޯދުމަށް ދަނޑުވެރިންނާއި ސަރުކާރުގެ އޮފިޝަލުންގެ ޕެނަލެއް އުފައްދާނެ ކަމަށެވެ.

comment ކޮމެންޓް