އެންމެ މުހިންމީ ރައްޔިތުންގެ ފުދުންތެރިކަން ކަމަށާއި، ބޭނުންފުޅުވެވަޑައިގަންނަވަނީ ދައުރު ނިމޭ އިރު ކޮންމެ ދިވެހި ރައްޔިތަކީވެސް މުއްސަންޖަކަށް ވުުން ކަމަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ރ. އަދި ބ. އަތޮޅަށް އެ މަނިކުފާނު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރ. މީދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެއާއެކު ރައީސް ވަނީ ބޭނުންފުޅުވެވަޑައިގަންނަވަނީ ހުރިހާ ގޮތަކުން ވެސް ރައްޔިތުން މުއްސަނދި ކުރުން ކަމަށް ވިދާޅުވެފައެވެ.
އޭގެ ތެރޭގައި އިޖުތިމާއީ، ގޮތުންނާއި، އިގްތިޞާދީ ގޮތުން ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދަައިިދިނުން ހިމެނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ބޭނުންވަނީ އެ މުއްސަނދިކަމަކީ އިޖްތިމާއީ ގޮތުންނާއި ފުދުންތެރިކަމުގެ ގޮތުންނާއި އާމްދަނީ އަދި ގެދޮރުވެރިކަމުގެ ގޮތުން ލިބޭ މުއްސަނދި ކަމަށް ވާން،" ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ރ. މީދޫގައި ބައިވެރިވެވަޑައިގެންނެވި ޖަލްސާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
އެމަނިކުފާނު ވިދާޅުވީ އެ އަމާޒު ހާސިލްކުރުމަށް ކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
މިރޭ ރ. މީދޫގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ މި ރަށުގެ ކައުންސިލުން އެދުނު ކަންކަން ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ރަށުގެ ބިމުގެ ދަތިކަމަށް ހައްލު ގެނައުމަށް މި އަހަރު ބިން ހިއްކުމުގެ މަޝްރޫއު ހިންގަވައި ނިންމަވައިދެއްވާނެކަމަށް ވިދާޅުވިއެވެ.
އަދި ބޯހިޔާވަހިކަމަށް މަޝްރޫއު ހިންގުމާއި، ސިިއްހީ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ވެސް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.