ފުރޭތަގެ ފައިނަލް ޓްރެއިލާ ބަލައިފިންތަ؟

ޑާކްރެއިން އެންޓަޓެއިންމެންޓުން ދެން އެންމެ އަވަހަށް ނެރޭނެ ފިލްމު "ފުރޭތަ" ރިލީޒްކުރުމަށް ކައިރިވެފައިވަނިކޮށް ފިލްމުގެ ފައިނަލް ޓްރެއިލާ އާންމުކޮށްފިއެވެ.

ރާއްޖޭގެ މުޖުތަމައުގެ ތަފާތު އެކި މައްސަލަތަކަށް އަލިއަޅުވައިލައި ނެރުމަށް ތައްޔާރުވަމުންދާ ފިލްމު "ފުރޭތަ" އެންމެ ފުރަތަމަ އިއުލާނު ކޮށްފައިވަނީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ.

މި ފިލްމުގެ މަސައްކަތްތައް ނިމި މިހާރު ފިލްމު އަޅުވަން ތައްޔާރުވެފައިވާއިރު ޑާކްރެއިނުން އަންނަނީ ފިލްމާ ގުޅޭ ގިނަ މައުލޫމާތުތައް އާންމުކުރަމުންނެވެ. އެގޮތުން ޑާކްރެއިނުން ވަނީ ފިލްމުގެ ފައިނަލް ޓްރެއިލާ އިއްޔެ އާންމުކޮށްފައެވެ.

ފިލްމުގެ ފައިނަލް ޓްރެއިލަރުން މި ފިލްމަކީ ކޮން ތީމެއްގެ ފިލްމެއްކަން އިތުރަށް އެނގިގެން ދެއެވެ. އަދި ލީޑް އެކްޓަރުންގެ ރޭންޖް މި ޓްރެއިލަރުން ވެސް ފެނިގެން ދެއެވެ. ފިލްމަކީ އެކްޝަން އާއި ތުރިލާއިން ފުރިގެން ވާނެ ފިލްމެއްކަން ވެސް ފެނިގެންދެއެވެ.

މާދަމާ ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޓިކެޓުތައް މިހާރު ވެސް އަންނަނީ ދޫކުރަމުންނެވެ.

މި ފިލްމުގައި ލީޑުން ފެންނާނީ އިންޑަސްޓްރީގައި މިހާރު ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ތަރި ޝަރަފު ޢަބްދުﷲއެވެ. ފިލްމުގެ އިތުރު ރޯލުތަކުން ރަވީ ފާރޫގާއި މުހައްމަދު މަނިކާއި އަހުމަދު ސައީދު އަދި މުހައްމަދު ރިފްޝާނާއި އަލީ ނަދީހާއި އާމިނަތު އަސީލާ ފަދަ އެކްޓަރުން ފެންނާނެއެވެ.

މި ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް އަހުމަދު ތޮލާލު ކުރިއިރު ފިލްމުގެ ޑައިރެކްޓަރަކީ އަހުމަދު ޝިފާއު (ޗިއްޕެ)އެވެ. މި ފިލްމަކީ މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސް ކުރާ ފިލްމެކެވެ. މި ފިލްމުގެ މަންޒަރުތައް ނަގައިފައިވަނީ އަހުމަދު ޒިފާފެވެ.

comment ކޮމެންޓް