ޗައިނާގެ ފުރަތަމަ ހައި-އޯބިޓް އިންޓަނެޓް ސެޓެލައިޓް ލޯންޗުކޮށްފި

ޗައިނާގެ ސެޓެލައިޓް ލޯންޗްކުރުން -- ފޮޓޯ: ސްޕޭސްނިއުސް

ޗައިނާ އާއި ޗައިނާގެ ވަށައިގެންވާ ސަރަހައްދުތަކަށް ހައިސްޕީޑް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ޗައިނާއިން ފުރަތަމަ ފަހަރަށް ހައި އޯބިޓް އިންޓަނެޓް ސެޓެލައިޓެއް ޖައްވަށް ފޮނުވާލައިފިއެވެ.

ޗައިނާގެ ހުޅަނގު ދެކުނުގައި ހުންނަ ޒިޗަންގް ސެޓެލައިޓް ލޯންޗް ސެންޓަރުން ފޮނުވާލި މިސެޓިލައިޓާއެކު ރޮކެޓް ނައްޓާލީ ބުރާސްފަތި ދުވަހު އެގައުމުގެ ގަޑިން 8:03 ގައެވެ.

ޗައިނާ އެރޯސްޕޭސް ސައިންސް އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަން (ސީއޭއެސްސީ)އިން ލޯންޗު ކުރިތާ ގަޑިއެއްހާއިރު ތެރޭގައި ސެޓެލައިޓް އޭގެ އޯބިޓަށް ދަތުރުކޮށްފައިވާކަމަށް ސީއޭއެސްސީއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

މި ސެޓެލައިޓާ ގުޅޭ އެއްވެސް ތަފުސީލެއް ޗައިނާގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ސީއޭއެސްސީން ހާމަކުރި ގޮތުގައި މި ސެޓެލައިޓަކީ ޖައްވީ އުޅަނދު އުފައްދާ ޗައިނާ އެކަޑަމީ އޮފް ސްޕޭސް ޓެކްނޮލޮޖީ (ކާސްޓް) އިން އުފެއްދި ސެޓެލައިޓެކެވެ.

ޗައިނާއިން މިހާރުވެސް ޗައިނާސެޓް (ޒޮންގްސިންގް) ޖިއޯސްޓޭޝަނަރީ ކޮމިއުނިކޭޝަން ސެޓެލައިޓްތަކެއް ހިންގަމުން އަންނައިރު، މި ޖޮއިންޓް ވެންޗާގައި ސީދާ ސީއޭއެސްސީގެ ބައިވެރިވުން އޮވެއެވެ.

ޗައިނާގެ ފުރަތަމަ ސެޓެލައިޓް ކަމަށްވާ ޗައިނާސެޓް-26 އަކީ ވެސް ސިކުންތަކު 100 ގިގަބިޓް (ޖީބީޕީއެސް) އަށް ވުރެ ހަލުވި ސްޕީޑްގައި އިންޓަނެޓް ފޯރުކޮށްދޭ ސެޓެލައިޓެއް ކަމަށް ސީއެސްސީ އިން ބުނެއެވެ.

ކުރިއަށް އޮތްތަނުގައި ޗައިނާ ސެޓްކޮމްއިން މަސްކަތްކުރާނީ، ކެޕޭސިޓީފުޅާ ސެޓެލައިޓްތައް ހެދުމުގެ މަސައްކަތް ކަމަށާއި، 14 ވަނަ ފަސް އަހަރުގެ ޕްލޭން ނިމޭއިރު، ސެޓެލައިޓްތަކުގެ ޖުމްލަ ކެޕޭސިޓީ 500 ޖީބީޕީއެސްއަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް 2021-2025 ވަނަ އަހަރަށް އިޝާރާތްކޮށް ޝިންހުއާ އިން ރިޕޯޓްކޮށްފައިވެއެވެ.

ޗައިނާއިން އަންނަނީ އަމިއްލަ ޖައްވީ އިންޓަނެޓް ގާބިލުކަން ބިނާކުރުމަށް ސެޓެލައިޓް ޓެކްނޮލޮޖީ ތަރައްގީ ކުރަމުންނެވެ. އެގައުމުން 2022 ވަނަ އަހަރު ހޮންގްޔުން ނަމަކަށް ކިޔާ ސެޓެލައިޓެއް ފޮނުވާލިއިރު، މިއީ ޗައިނާއިން ރާވާފައިވާ ލޯ އާތް އޯބިޓް ބްރޯޑްބޭންޑް ސެޓެލައިޓް ކޮންސްޓެލޭޝަންގެ މައިގަނޑު މޮޑިއުލްއެވެ.

ހޮންގްޔުން ޕްރޮޖެކްޓްގެ ނަމުން މަޝްހޫރު މި ނެޓްވޯކްގެ މަގުސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބްރޯޑްބޭންޑް އިންޓަނެޓް ކަނެކްޓިވިޓީ ފޯރުކޮށްދިނުމެވެ.

comment ކޮމެންޓް