މާރާމާރީއެއްގައި ކުޑަ ކުއްޖަކަށް އަނިޔާވެއްޖެ

ހެންވޭރު ހިތިގަސްމަގުގައި ހިނގި މާރާމާރީގެ ތެރެއިން --- ފޮޓޯ/ އެމްވީ ކްރައިސިސް

މާލޭ ހެންވޭރު، ހިތިގަސްމަގުގައި މިއަދު ހިނގި މާރާމާރީއެއްގައި 17 އަހަރުގެ ކުޑަ ކުއްޖަކަށް އަނިޔާވެއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މިއަދު 18:15 ހާއިރު ހިތިގަސް މަގުގައި ހުރި ފިހާރައެއްގެ ސޭޓެއް ގައިގައި ޖަހާ މާރާމާރީ ހިންގައިފައިވާކަމަށެވެ. އަދި އެ މާރާމާރީގައި 17 އަހަރުގެ ކުއްޖަކަށް އަނިޔާވެފައި ވާކަމަށާއި އެ ކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާ ދޭކަމަށް ފުލުހުން ބުންޏެވެ.

މި މާރާމާރީއާ ގުޅިގެން މިހާރު ތިން މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި މައްސަލަ އިތުރަށް ބަލާކަމަށް ފުލުހުން ބުންޏެވެ.

މާލޭގައި ދޭތެރެއަކުން މާރާމާރީތައް ހިންގާއިރު، މި ދުވަސްވަރު މާރާމާރީ ހިންގުން އަނެއްކާ ވެސް ވަނީ އާންމުވެފައެވެ.

comment ކޮމެންޓް