އެލައިޑްގެ ރޯދަ ޕްރޮމޯޝަނާއެކު އަގުހުރި ފުރުސަތުތަކެއް

އެލައިޑުގެ ރޯދަ ޕްރޮމޯޗަން އިފްތިތާހު ކުރަން މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ސަން ފޮޓޯ: އަމަން ލަތީފް

އެލައިޑް އިންޝުއަރެންސް ގެ ރޯދަ ޕްރޮމޯޝަނާއެކު އަގުހުރި ގިނަ ފުރުސަތުތަކެއް މިއަދު ހުޅުވައިލައިފިއެވެ.

މި ކަމުގެ މައުލުމާތު ދިނުމަށް މިއަދު އެލައިޑުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނިން ވަނީ، މި އަހަރަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ ރޯދަ ޕްރޮމޯޝަނުގައި، ގެދޮރުގައިވާ އަގުހުރި މުދަލަށް ޚާއްސަ އިސްލާމިކް އިންޝުއަރެންސް ޕްލޭނެއް ތައާރަފް ކޮށްފައެވެ.

މި ޕްލޭނުން ހިޔާވަހީގެ އަހަރަކަށް 600 ރުފިޔާ ދައްކައިގެން ހަ ލައްކަ ފަންސާސްހާސް ރުފިޔާއާ ހަމައަށް ބަދަލު ލިބޭނެއެވެ.

މި ލަގްޒަރީ ޕްލޭން ނަގާ ކޮންމެ ކަސްޓަމަރަކަށް، އެ ކަސްޓަމަރެއް ގަތް ޕްލޭނާއި އެއް އަގުގެ ކޮމްޕްލިމެންޓަރީ ގިފްޓް ޕެކެއް ވެސް އެ ކުންފުނިން ދޭނެކަމަށް ވަނީ ބުނެފައެވެ.

އަދި ގެދޮރުގެ ރައްކާތެރިކަމަށް ދޭ އަހައްމިއްޔަތުކަން އިތުރުކުރުމަށް މިއަދު ފެށި އެ ޕްރޮމޯޝަން މި ފެށޭ ރޯދަ މަހުގެ ފަހު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

އެލައިޑުގެ ރޯދަ ޕްރޮމޯޗަން އިފްތިތާހު ކުރަން މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ސަން ފޮޓޯ: އަމަން ލަތީފް

އިތުރަށް އެ ކުންފުނިން ބުނީ މިއީ އޮންލައިންކޮށް، އެލައިޑުގެ އެޕުންނާއި މައި އެލައިޑް ޕޯޓަލުން ވެސް ނެގޭނެ ޕްލޭނެއް ކަމަށެވެ. އެހެންކަމުން ކޮމްޕްލިމެންޓަރީ ގިފްޓް ރެޑީމް ކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ރަސްމީ ގަޑީގައި އެލައިޑްގެ ކަސްޓަމާ ފްރަންޓް އޮފީހުން ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެލައިޑުން މިއަދު އިތުރަށް އިއުލާނުކޮށްފައިވާ ފުރުސަތުތަކުގެ ތެރޭގައި ހިމެނެނީ:

  • ފޭސްބުކްގައި ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ އެލައިޑް މަދަހަ މުބާރާތް
  • ޓިކްޓޮކްގައި ކުރިޔަށްގެންދިޔުމަށް ރާވައިފައިވާ #އިންޝުއާލައިފްވިތުއެލައިޑް ކޮންޓެސްޓް

މަދަހަ މުބާރާތުގައި ބައިވެރިވުމަށް ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް #އެލައިޑްމަދަހަ ޖެހުމަށް ފަހު ޕޯސްޓު ކުރާ މަދަހަ ވީޑިއޯތަކުގެ ތެރެއިން ފަނޑިޔާރުންގެ ޕެނަލަކުން މާކްސް ދެއްވައި، ފަނޑިޔާރުންނަށް އެންމެ މޮޅުކަމަށް ނިންމާ ވީޑިއޯ ހުށަހަޅާ ފަރާތަކަށް އިނާމެއްގެ ގޮތުގައި އައިޕެޑެއް ލިބޭނެއެވެ

އެލައިޑުން ބުނި މި ފުރުސަތު ހުޅުވައިލައިފައިވަނީ އުމުރުން 12 އަހަރުން ދަށުގެ ކުދިންނަށް ކަމަށެވެ.

މީގެ އިތުރުން އެލައިޑުން މުޅިން އަލަށް މި އަހަރު ރޯދަ މަހު ފަށާ #އިންޝުއާލައިފްވިތުއެލައިޑް ޓިކްޓޮކް ކޮންޓެސްޓަކީ ޓިކްޓޮކް އުފައްދާ ފަރާތްތަކުން ހޭޝްޓެގާ މެދު ދެކޭގޮތް ނުވަތަ އިންޝުއަރަންސް ސިފަވާ ގޮތް މާނަކޮށް، ތަޖުރިބާގެ އަލީގައި ނުވަތަ ކްރިއޭޓިވް ހިޔާލެއްގެ މައްޗައް ބިނާކޮށް ހަދާ ވީޑިއޯ ޕޯސްޓް ކުރާ މުބާރާތެކެވެ.

މިއީ ނަސީބުވެރި ތިން ފަރާތަކަށް 3،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ކޮންޓެސްޓެއް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެލައިޑުގެ ރޯދަ ޕްރޮމޯޗަން އިފްތިތާހު ކުރަން މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ސަން ފޮޓޯ: އަމަން ލަތީފް

އެ ކުންފުނިން ބުނީ މި ކޮންޓެސްޓުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފައިވަނީ މިއަދުން ފެށިގެން، އަންނަ މާޗު މަހުގެ 25ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މި ޗެލެންޖުގެ މައިގަނޑު އަމާޒަކީ، ލައިފް އިންޝުއަރެންސާއި ގުޅޭ އަގުހުރި މައުލޫމާތު ޝައުގުވެރި ގޮތްތަކަށް އާންމުންނާއި ހަމައަށް ފޯރުކޮށްދީ، އިންޝުއަރަންސްގެ ރައްކާތެރިކަން ހޯދުމަށް ހިތްވަރު ދިނުން ކަމަށް ވެސް އެލައިޑުން ވަނީ ބުނެފައެވެ.

comment ކޮމެންޓް