ހޯމް މިނިސްޓްރީގެ ވެބްސައިޓު ހެކުކޮށްފި

ހޯމް މިނިސްޓްރީގެ ވެބްސައިޓް ހެކުކޮށްފައި --

މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ރަސްމީ ވެބްސައިޓް ހެކުކޮށްފިއެވެ.

އެ ވެބްސައިޓަށް ވަނުމާއެކު ހޯމް ޕޭޖުން ފެންނަނީ އިންޑިއަން ސައިބާ ފޯސް ނަމަކަށް ކިޔާ ހެކަރު ގްރޫޕަކުން އެ ވެބްސައިޓު ހެކުކޮށްފައިވާ ކަމަށް ބުނެ އާންމުކޮށްފައިވާ ފޮޓޮއެކެވެ.

ހެކުކޮށް އާންމުކޮށްފައިވާ މެސެޖުގައިވަނީ، އިންޑިއާއިން ރާއްޖެއަށް ވެދިން އެހީތެރިކަމުގެ ހަނދާން އާކުރަން ޖެހޭކަމަށް ދޭހަވާފަދަ ވާހަކައެއް ލިޔެފައެވެ.

ނަމަވެސް ވެބްސައިޓުގައި ހުރި ޚަބަރުތަކަށާއި އެކި ޕޭޖުތަކަށް ވަދެވެއެވެ.

މީގެ ކުރިން ވެސް ސަރުކާރުގެ އެކި ވުޒާރާތާކާއި ބައެއް ކޯޓުތަކުގެ ވެބްސައިޓުތައް ހެކުކޮށްފައިވެއެވެ.

އެ ކަން ކުރީ، ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާއަށާއި އެ ގައުމުގެ ބޮޑުވަޒީރަށް ކުޑައިމީސްވާ ގޮތަށް ދެއްކި ވާހަކަތަކަކާ ގުޅިގެންކަމަށް އޭރު، ހެކަރުން ދޫކުރި މެސެޖުގައިވެއެވެ.

comment ކޮމެންޓް