ކުރީގެ މަޖިލިސް މެންބަރުންތަކަކާއި ވަޒީރުންތަކަކާ ގުޅޭ މައްސަލައެއް އެސީސީން ބަލަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން ހުންނަ އިމާރާތް: އޭސީސީން އަންނަނީ ކުރީގެ މަޖިލިސް މެންބަރުންތަކަކާއި ވަޒީރުންތަކަކާ ގުޅޭ މައްސަލައެއް ބަލަމުން -- ފޮޓޯ/ އޭސީސީ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންތަކަކާއި ކުރީގެ ބައެއް ވަޒީރުންނާ ގުޅުންހުރި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަން ފަށައިފިއެވެ.

އޭސީސީން "ސަން"އަށް ބުނީ އެ ކޮމިޝަނުން ބަލަމުން ދަނީ އެ މެންބަރުންނާއި ވަޒީރުންގެ ހިއްސާ އޮތް ކުންފުނިތަކަކަށް، ސަރުކާރުގެ ކުންފުނިތަކަކުން ފައިސާ ޖަމާކުރި މައްސަލައެއް ކަމަށެވެ.

އެކަމާ ގުޅުންހުރި ޝަކުވާތަކެއް ވަރަށް ފަހުން އޭސީސީއަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނި ނަމަވެސް، އެ ތަހުގީގާ ގުޅޭ އިތުރު މައުލޫމާތެއް އޭސީސީން ނުދެއެވެ.

އެ ކޮމިޝަން އެ މައްސަލަ ބަލަން ފަށައިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އާ ދައުރަކަށް މެންބަރުން ހޮވުމަށް އަންނަ މާޗު މަހުގެ 17ގައި އިންތިޚާބުގައި ބާއްވަން ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެ އިންތިޚާބަށް، މި ދައުރުގެ މެންބަރުންނާއި ކުރިން މެންބަރުކަން ކުރައްވާފައިވާ ގިނަ އަދަދެއްގެ ބޭފުޅުން ވެސް ކުރިމަތިލައްވާފައިވެއެވެ.

comment ކޮމެންޓް