ހީލަތުގެ މައްސަލައެއްގައި އަނެއްކާ ޒުވާނަކު ހޯދަނީ

މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި ތަހުގީގަށް ހާޒިރުވާން އަންގާފައިވާ ޒުވާނާ --

މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި ޒުވާނަކު ތަހުގީގަށް ހާޒިރުވުމަށް ފުލުހުން އިއުލާނު ކޮށްފިއެވެ.

ފުލުހުން ހޯދަން އިއުލާން ކޮށްފައިވަނީ ދަފްތަރު ނަންބަރު 2497, މަރްޔަމް އިބްތިޝާމް، 27، އެވެ.

އޭނާ ހޯދަނީ ހުޅުމާލެ ފޭސް އެކެއް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއެވެ.

އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ. އޭނާ ހާޒިރުވާން އެދިފައިވަނީ ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ސުވާލު ކުރާށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ވަނީ، 400 ޑޮލަރު ހޯދި މައްސަލައެއްގައި ތުހުމަތުވާ ދެ މީހަކު ހޯދަން އިއުލާނު ކޮށްފައެވެ. އަދި މަކަރާ ހީލަތުން ފަސް ލައްކަ ރުފިޔާ ފޭރުނު ޒުވާނަކު ފުލުހުން ވަނީ މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށްފައެވެ.

މިފަހަކަށް އައިސް މަކަރާ ހީލަތް ހެދުމުގެ މައްސަލަތައް ދަނީ ގިނައިން ފެންމަތިވަމުންނެވެ.

comment ކޮމެންޓް