ބަހަކާއި ސައިކަލެއް ޖެހި، އަނިޔާވި ޒުވާނާގެ ފައި ބިނދިއްޖެ

އެކްސިޑެންޓުގައި އަނިޔާވި މީހާ ބިންމައްޗަށް ވެއްޓިފައި: އެ މީހާ އޮތް ތަނަށް ވަރަށް ގިނައިން ލޭ ފައިބައިފައިވާ ކަމަށް މަންޒަރު ދުށް ފަރާތުން ބުނޭ -- ސަން ފޮޓޯ

މާލޭގައި މިރޭ ބަހަކާއި ސައިކަލެއް ޖެހި، އަނިޔާވި ޒުވާނެއްގެ ފައި ބިނދިއްޖެއެވެ.

މަންޒަރު ދުށް ފަރާތަކުން "ސަން"އަށް ބުނި ގޮތުގައި އެ ހާދިސާ ހިނގީ އުސްފަސްގަނޑު ސަރަހައްދުގައެވެ. އެ ހާދިސާގައި އަނިޔާވި މީހާ ބިންމައްޗަށް ވެއްޓިފައި އޮތްއިރު، އެ ސަރަހައްދުގައި ވަރަށް ގިނައިން ލޭ ހުރިކަމަށް އޭނާ ބުންޏެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އެ އެކްސިޑެންޓުގައި އަނިޔާވީ 18 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އޭނާއަށް މިހާރު އެމާޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

"ސައިކަލުގައި އިން މީހާ ވެއްޓި ފައިޖެހުނު ގޮތަކުން ވާތު ފައިގެ ފްރެކްޗާއެއް ވެފައި ވަނީ. ކަށިގަނޑު ބޭރަށް ނުކުމެފައި އޮތީ. ދެން ސާޖަރީއަކަށް ދާނީ،" އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ވެސް މާލޭއާއި ހުޅުމާލޭގައި ބަސް އެކްސެޑިންޓުތައް ހިނގައި، މީހުންނަށް ބޮޑެތި އަނިޔާތައް ލިބިފައިވެއެވެ.

comment ކޮމެންޓް