މާލޭގައި 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދަމުން އަންނަ މ. އެނބޫމާގެއާގެ، ޚަދީޖާ ޔަލްވީ (14އ) -- ފޮޓޯ/ ފުލުހުން

މާލޭގައި، އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން އިއުލާނުކޮށްފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ މ. އެނބޫމާގެއާގެ، ޚަދީޖާ ޔަލްވީ (14އ) އެވެ.

ފުލުހުން ބުނީ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މީގެ ފަސް ދުވަސް ކުރިން މި މަހު 11 ގައި ކަމަށެވެ.

އެގޮތުން އެންމެ ފަހުން އެ ކުއްޖާ ފެނިފައިވަނީ ޚަދީޖާ މި މަހުގެ 9ވަނަ ދުވަހުގެ ރޭ 20:00 ހާއިރު، އެ ކުއްޖާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ބުންޏެވެ.

ފުލުހުންވަނީ އެ ކުއްޖާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަމްބަރު 9790163، 3000600 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

މި ފަހުން ވެސް ކުއްޖަކު ގެއްލިގެން ހޯދަން އިއުލާނުކޮށްފައިވެއެވެ.

ނަމަވެސް ހޯދަން އިއުލާނުކުރާތާ މަދު ވަގުތުކޮޅެއްގެ ތެރޭ އެ ކުދިން ނުވަތަ މީހުން ފެނެއެވެ.

comment ކޮމެންޓް