ގޫގުލް މީޓް ބައްދަލުވުންތަކުގައި މިހާރު ތިން މީހުން ''ޕިން''ކުރެވޭނެ

އޮންލައިން މީޓިންތައް ބޭއްވުމަށް ގިނަބަޔަކު ދަނީ ގޫގުލް މީޓް ބޭނުން ކުރަމުން ---

ގޫގުލްގެ ވީޑިއޯ ކޮންފަރެންސް ޕްލެޓްފޯމް "ގޫގުލް މީޓް"ގައި ބައްދަލުވުންތަކާއި ވެބިނާތައް މެނޭޖުކުރުމަށް އެހީތެރިވެދޭ އާ ފީޗާއެއް ތައާރަފުކޮށްފިއެވެ.

މި ފީޗާގެ ސަބަބުން މީޓިން ހޯސްޓުންނާއި ކޯ-ހޯސްޓުންނަށް މިހާރު ބައިވެރިންގެ ތިން ޓައިލްސް ޕިން ކޮށްލެވޭއިރު، ބައިވެރިވާ ހުރިހާ ފަރާތްތަކެއްގެ ސްކްރީންތަކަށް ސްޕޮޓްލައިޓްކުރެވި، ޔުނިފައިޑް ފޯކަސްއަށް މަގުފަހިވާނެއެވެ.

މިދިޔަ ހޯމަ ދުވަހު ގޫގުލްގެ ބްލޮގް ޕޯސްޓެއްގައި އިއުލާނުކޮށްފައިވާ މި އަޕްޑޭޓްގެ ސަބަބުން މީޓިން އިންތިޒާމްކުރާ ފަރާތްތަކަށް ވަކި ސްޕީކަރެއް، ޕްރެޒެންޓޭޝަން ސްލައިޑެއް ނުވަތަ އެހެނިހެން ޝެއާޑް އައިޓަމެއް ޕިން ކުރުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ ކުރިން ޔޫޒަރުންނަށް އަމިއްލަ ފީޑުގައި ޓައިލްސް ޕިން ކުރެވޭނީ އެމީހާ އެކަންޏެވެ.

ގޫގުލް ވޯކްސްޕޭސްގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އާ ހޯސްޓް ޕިނިން ކެޕޭސިޓީގެ މަގުސަދަކީ އޮޅުން ފިލުވައި، ބޮޑެތި ވާޗުއަލް ސެޝަންތަކުގައި އެންގޭޖްމަންޓް ރަނގަޅު ކުރުމެވެ.

މި ފީޗާއަކީ ކަސްޓަމައިޒޭބަލް ލައިޓިން، ފިލްޓާސް އަދި ވާޗުއަލް ބެކްގްރައުންޑް ހިމެނޭ ގޮތަށް ޕާސަނަލައިޒޭޝަނަށް ހާއްސަކޮށްގެން ދާދި ފަހުން ގޫގުލް މީޓްއަށް ގެނައި އަޕްގްރޭޑްތަކުގައި ހިމެނޭ ފީޗާއެކެވެ.

އަޑުގަދަ އަދި ބޮޑު ކްރައުޑެއްގެ ކުރިއަށް ގެންދާ މީޓިންތަކުގައި މިފީޗާގެ ބޭނުން ވަރަށް ބޮޑަށް ހިފޭނެއެވެ. އެގޮތުން ގެސްޓް ސްޕީކަރުތައް ސްޕޮޓްލައިޓް ކުރުން ކަމުގައި ވިޔަސް، ބައިވެރިންގެ ތެރެއިން މީހަކުގެ މުހިންމު ސްލައިޑްތަކެއް ދައްކާލަން ބޭނުންވިޔަސް، ޔުނިފައިޑް ޕިނިންގެ ސަބަބުން ސަމާލުކަން ހޯދުމަށް ފަސޭހަތަކެއް ލިބޭނެއެވެ.

އެޑިއުކޭޓަރުންނާއި ޕްރެޒެންޓަރުންނާއި ޑިސްކަޝަން ލީޑަރުންނާއި އެހެނިހެން ފަރާތްތަކަށް މިކަމުގެ ސަބަބުން އުފެއްދުންތެރި ގްރޫޕް އިންޓަރެކްޝަންތައް ކުރިއަށް ގެންދިއުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެއެވެ.

ގޫގުލް މީޓްސްއިން ވަނީ ސްޓޫޑިއޯ ލައިޓިން ވެސް ވެބްގައި ތައާރަފުކޮށްފައެވެ. މި ފީޗާގެ ސަބަބުން ބައިވެރިޔާގެ ފްރޭމަށް ސްޓޫޑިއޯ ކޮލިޓީ ލައިޓިން އިތުރުކުރެވޭނެއެވެ. އޮޓަމެޓިކުން އިފެކްޓް އެޑް ކުރުމަށް އޮޓޯ އޮޕްޝަނަކާއި ލައިޓިންގެ ބްރައިޓްނަސް، ޕޮޒިޝަން އަދި ކުލައަށް ގްރެނިއުލާ ބަދަލުތައް ގެނައުމަށް މަގުފަހިކޮށްދޭ ކަސްޓަމް އޮޕްޝަނެއް ވެސް ހުރެއެވެ. އޯޑިއޯ ކޮލިޓީ ރަނގަޅު ކުރުމަށް އޭއައި ބޭނުންކުރާ ސްޓޫޑިއޯ ސައުންޑް ވެސް ވަނީ އިތުރުކޮށްފައެވެ.

comment ކޮމެންޓް