އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ''ރަމަޒާން ބާޒާރު'' ފަށައިފި

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ރަމަޒާން ބާޒާރު ފެށުން ----

ކޮންމެ އަހަރަކުވެސް ރޯދަމަހަށް ޚާއްސަކޮށްގެން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ބާއްވާ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން މިއަދު ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯގެ މަކިޓާ ޝޯރޫމާއި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ޝޯރޫމް (އަމީނީ މަގުގައި ހުންނަ ނިޕޯން ޝޯރޫމް) އަދި ލ. ފޮނަދޫގެ ފިހާރައިގައެވެ.

މި ޕްރޮމޯޝަންގެ ދަށުން ވިއްކާ އެސްޓީއޯގެ ކޮންމެ ޕްރޮޑަކްޓަކަށް 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެއެވެ.

އެސްޓީއޯއިން ބުނީ، މި ޕްރޮމޯޝަންގެ ދަށުން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެ ކަމަށެވެ. ނަސީބުވެރި ފަރާތް ހޮވާނީ ރޯދަ މަސް ނިމުމުން ކަމަށް އެސްޓީއޯއިން ބުނެއެވެ.

ޕްރޮމޯޝަންއިން އެއްވަނައަށް ދާ ފަރާތަކަށް އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްއިން ބައިލައްކަ ރުފިޔާގެ މުދަލުގެ ގިފްޓް ވައުޗަރެއް ލިބޭނެއެވެ.

އަދި ހަ ނަސީބުވެރި ފަރާތަކަށް 5،000 ރުފިޔާގެ މުދާ އެސްޓީއޯގެ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ފިހާރައަކުން ލިބޭނެއެވެ. އެގޮތުން، ސިމެންތި, ހިލަ, ހިލަވެލި، އަދި ނިޕޯން ޕެއިންޓް ފަދަ އާންމުކޮށް ކޮންސްޓްރަކްޝަން ދާއިރާގައި ބޭނުންކުރާ ބާވަތްތައް ނެގުމުގެ ފުރުސަތު ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ނިޕޯން ޕެއިންޓްއަކީ ސިންގަޕޫރުގެ 'އެއްވަނަ' ޕެއިންޓް ބްރޭންޑު ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއަކީ ނިޕޯން އަދި މަކިޓާގެ ރާއްޖޭގެ އޮތޮރަޒައިޑް ޑިސްޓްރިބިއުޓަރެވެ.

comment ކޮމެންޓް