ޔަމަނުގެ އާ ބޮޑު ވަޒީރަކަށް ހާރިޖީ ވަޒީރު އަޙުމަދު އަޢޫޟު

ޔަމަނުގެ އައު ބޮޑު ވަޒީރު އަޙުމަދު އަޢޫޟު ބިން މުބާރަކް. ފޮޓޯ/އިންގްލިޝް އަރަބިޔާ

ޔަމަނުގެ އާ ބޮޑު ވަޒީރު ކަމަށް ހާރިޖީ ވަޒީރުގެ މަގާމު ފުރުއްވަމުން ގެންދެވި އަޙުމަދު އަޢޫޟު ބިން މުބާރަކް އައްޔަނުކޮށްފިއެވެ.

ބޮޑު ވަޒިރު ކަމަށް އަޢުޟު އައްޔަނުކުރެއްވުމާ ގުޅިގެން ބޮޑު ވަޒީރުކަން ކުރައްވަމުން ގެންދެވި މާއީން ޢަބްދުލްމަލިކް ސަޢީދު ދެން ހުންނަވާނީ ރިޔާސީ ލީޑަޝިޕް ކައުންސިލްގެ ޗެއާމަންގެ އެޑްވައިޒަރެއްގެ މަގާމުގައި ކަމަށް ޔަމަނުގެ ކެބިނެޓް އޮފީހުން ވަނީ ހާމަކުރައްވައިފައެވެ.

އަޢޫޟު މަޝްހޫރުވީ 2015 ވަނަ އަހަރު ޔަމަނުގެ ރިޔާސީ ގަނޑުވަރުގެ ޗީފް އޮފް ސްޓާފްގެ މަގާމު އަދާކުރައްވަމުން ގެންދަވަނިކޮށް ޙޫޘީން އޭނާ ރަހީން ކުރުމާ ގުޅިގެންނެވެ.

އެ ހާދިސާއާ ގުޅިގެން ދެ ފަރާތުގެ ދެމެދުގައި ހަމަނުޖެހުން އުފެދި ރައީސްއާއި މުޅި ސަރުކާރުވެސް އިސްތިއުފާ ދޭން ޖެހުނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް