ގޫގުލް މެޕްސް ބޭނުންކުރަން ފަސޭހަކުރުމަށް އޭއައި ފީޗާ އިތުރުކޮށްފި

ދަތުރުފަތުރު ކުރުމުގައި ގޫގުލް މެޕްސް ބޭނުންކުރާ މީހުން މިހާރުވަނީ ވަރަށް ގިނަވެފައި ---

ގޫގުލް މެޕްސް ބޭނުންކޮށްގެން ތަންތަން ފާހަގަކޮށް ދަތުރުފަތުރު ކުރުމަށް ފަސޭހަކުރުމުގެ ގޮތުން އެ ޚިދުމަތަށް އޭއައި ފީޗާއެއް ތައާރަފުކޮށްފިއެވެ.

އެ ފީޗާއިން، ގޫގުލް މެޕްސްގައި ތަފާތު ތަންތަނާ ގުޅޭ ރިވިއުސްތަކާއި ފޮޓޯތައް ހިއްސާކުރާ 'ލޯކަލް ގައިޑްސް' ކޮމިއުނިޓީގެ 300 މިލިއަނަށް ވުރެ ގިނަ މައުލޫމާތާއި 250 މިލިއަން ލޮކޭޝަން، ލާޖް ލެންގުއެޖް މޮޑެލްސް (އެލްއެލްއެމްސް) ބޭނުންކޮށްގެން އެނެލައިޒް ކުރާނެއެވެ. އަދި އޭގެ އެހީގައި، ގޫގުލް މެޕްސް ބޭނުންކުރާ މީހަކު އެކްސްޕްލޯކުރަން ބޭނުންވާ ތަންތަނާ ބެހޭގޮތުން ސުވާލު ކުރުމުން ތަފުސީލީ ޖަވާބުތަކެއް އޭއައި ފީޗާ މެދުވެރިކޮށް ދޭނެއެވެ.

މިސާލަކަށް، ސެން ފްރެންސިސްކޯގެ ވަކި ފިހާރަތަކަކަށް ޒިޔާރަތް ކުރަން ބޭނުންވާ ނަމަ އެފަދަ ތަނަކާ ބެހޭ ގޮތުން ސުވާލު ކުރެވިދާނެއެވެ. އެ ސުވާލަށް އޭއައި ފީޗާއިން ޖަވާބު ދޭނީ، ތަފާތު ކެޓަގަރީތަކުގެ ފިހާރަތައް ވަކިކޮށް އެނގޭ ގޮތަށް، ފޮޓޯއާއި ރިވިއުތަކާ ވެސް އެއްކޮށެވެ. އަދި ކުރިން ކުރި ސުވާލާ ގުޅުވާލައިގެން ނުވަތަ ފޮލޯއަޕް ސުވާލުތަކުގެ ޖަވާބުތައްވެސް ފޯރުކޮށްދޭނެއެވެ.

ގޫގުލްއިން ބުނީ އޭއައި މޮޑެލްތަކުން އެހީތެރިވެދޭ މި ކޮންވަޒޭޝަނަލް އެކްސްޕީރިއަންސްގެ ސަބަބުން އެމީހަކަށް އެންމެ ކަމުދާ ތަންތަނާއި ޝައުގުވެރިވާ ޕޮއިންޓްތައް ހޯދަން ފަސޭހަވާނެ ކަމަށެވެ.

ގޫގުލް މެޕްސްގެ އޭއައި ފީޗާ މި ހަފުތާއިން ފެށިގެން އެންމެ ފުރަތަމަ ޓެސްޓު ކުރާނީ އެމެރިކާގައެވެ.

comment ކޮމެންޓް