ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެއްވާ ރިޔާސީ ބަޔާނަކީ އެންމެ ޝާމިލް، އެންމެ ވިޝަނަރީ ރިޔާސީ ބަޔާނަށް ވާނެ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
ސަރުކާރުގެ ފަރާތުން، ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ޚަލީލް މިއަދު 'ސަން'އަށް ވިދާޅުވީ، ރައީސް މާދަމާ ދެއްވާ ރިޔާސީ ބަޔާނުގައި ދިވެހި ރައްޔިތުންނަށާއި ދިވެހި ގައުމަށް ވަރަށް އުންމީދީ، ވަރަށް މުހިންމު ކަންތައްތަކެއް ހާމަކުރައްވާނެ ކަމަށެވެ.
އެ ރިޔާސީ ބަޔާނުގައި ރައީސް ހާމަކުރައްވާނީ، ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ދިވެހި ގައުމުގެ އެންމެ މަތީ ވެރިއަކު ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް ހުށަހަޅުއްވަވާ އެންމެ ޝާމިލް، އެންމެ ވިޝަނަރީ ގައުމީ ތަސައްވުރުތައް ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.
މަޖިލީހުގެ ދައުރު ފަށާއިރު ރައީސް ރިޔާސީ ބަޔާން އިއްވަވަން ވާނެ ކަމަށް ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، މާދަމާ ރައީސް މުއިއްޒު އިއްވަވަނީ އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނެވެ.
މިއަދު ރައީސް ވަނީ މަޖިލިސް ކުރާގެއަށް ޒިޔާރަތް ކުރައްވައި، މާދަމާގެ ޖަލްސާއަށް ވަމުން އަންނަ ތައްޔާރީތައް ބައްލަވައިލައްވައިފައެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 17ގައި ވެރިކަމުގެ ހުވާކުރެއްވި ރައީސް، އެ މަނިކުފާނުގެ ކެބިނެޓަށް 22 ވަޒީރުން އައްޔަން ކުރެއްވި ނަމަވެސް، އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުގެ މިދިޔަ ދައުރު ނިންމާލީ ވަޒީރުންނަށް ރުހުން ނުދީއެވެ.
އެއަށް ފަހު މިދިޔަ މަހުގެ ތެރޭގައި ދައުރުން ބޭރުން ބޭއްވި ޖަލްސާއެއްގައި ވޯޓަށް އެހުމުން 19 ވަޒީރުންނަށް ރުހުން ދިން ނަމަވެސް، ތިން ވަޒީރަކަށް ރުހުންނުދެއެވެ. އެއީ ބަންޑާރަނައިބު އަހުމަދު އުޝާމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ބޯހިޔާވަހިކަމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރަށެވެ. ނަމަވެސް، ރައީސް ވަނީ އެ ތިން ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަންކުރައްވައިފައެވެ.
comment ޔޫޓޫ
1 year 2 month ago
އަލާއުއްދީން ވޮއްގަޑު ހިއްޕަވައިގެން ވަޑައިން 6ބިލިއަން12ބިލިއަނައް 6ބިލިއަނައްއެރުވުނީ50ޢަހަރުން މުއިޒް5އަހަރުން12ބިލިއަނައްވީމަ އަލާއުއްދީން ވޮއްގަޑުބޭނުންވާނެ ހުޅުމާލެ މައު5ފަރު ޔާނު5އަހަރު އަންނިވަހީދު5އަހަރު ޢިބޫ5އަހަރު 20އަހަރުންހުޅުމާލެކުރިތަރައްގީ 5އަހަރުން3ގުނަބިޔަރަސްމާލެ ކަޑުއަޑިންގުޅާތަރައްގީކުރަން ވޮއްގަޑުބޭނުންވާނެ ވީމާވިޝަނަރީވާނެ
comment ފާރިސް
1 year 2 month ago
ނަތީޖާ ނުދެއްކޭ. ނުހިންގޭ.
comment ޢިލް
1 year 2 month ago
ކޮބާ ރިޔާސީ ބަޔާން އިއްވާއިރު ހުސް ގޮނޑިއެއްގައި މީހަކުގެ ނަން ނުޖައްސަވާނަންތޯ މިފަހަރު. ؟
comment ޙަ
1 year 2 month ago
ބަރުލަމާނީ ތޯ؟
comment ޝަހީން
1 year 2 month ago
ބާބް މާޖާ ފިލް ބަޔާނުލް ވިޝަނަރީ ވަ ކިތާބުލް ބުހުތާނު ހުށައެޅިޔަސް ތިޔަކުން ގައުމުގެ މައްސަލައެއް ހައްލެއް ނުވެއެވެ.
comment ށަފީ
1 year 2 month ago
ކަލޯ މުއިއްޒު ބުނަންވާހަކައެއް ރިޔާސީ ބަޔާނަކުން ނުރާނެ ކަމެއް ނެތް.. އެއީ ހުސް ވާހަކަ. ކަލޭ ވެރިކަން ނިމޭ ދުވަހު ރާއްޖޭގެ ދަރަނި އޮންގޮތަކާއި އަދި ރައްޔިތުންގެ އާމްދަނީ އާއި ގައުމުގެ ދިރިއުޅުމުގެ ފެންވަރު ބުނާނީ ކަމެއް ވިތޯ ނުވަތަ ނުވޭތޯ. ވީމާ ރިޔާސީ ބަޔާން އޮޅާލާށެވެ. ސަރުކާރު ބަނގުރޫޓުނުވެ މި އަހަރު ނިމުނަސް އެއީ ވަރަށް ބޮޑު ކާމިޔާބީއަކަށްވާނެ އަހަރެމެންގެ ދަރަނީގެ މިއަދުގެ ހާލަތަށް ބަލާއިރު.