މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ

މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ހޯދަން އިއުލާނުކޮށްފައިވާ ޢަލީ އަކްބަރު --- ފޮޓޮ/ފުލުހުން

ގއ.ދާންދޫ ޕޮލިސް ސްޓޭޗަނުން ބަލަމުންދާ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދިކަމަށް ތުހުމަތުކުުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަމުންދާ ކަމަށް ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހޯދަން އިއުލާނުކޮއްފައިވަނީ، ކ.މާލެ/ މ. ހިއުމިޑް ޢަލީ އަކްބަރު، (26އ) އެވެ.

އެނާ ހޯދަން އިއުލާނުކޮށްފައިވަނީ ތުހުމަތުވާ މައްސަލައާ ގުޅިގެން ތަހުގީގަށް ހާޒިރުކޮށް، ސުވާލު ކުރާށެވެ.

މި މަހުގެ 12 ވަނަ ދުވަހުގެ 14:00 އަށް ގއ.ދާންދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ސްޓޭޝަނަކަށް ހާޒިރުވާން ފުލުހުން ވަނީ އަންގައިފައެވެ.

އޭނާ ހޯދަން އިއުލާނު ކޮށްފައިވަނީ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް