ތެލަސީމިއާއަށް ހޭލުންތެރިކުރުމަށް ގައުމީ ކެމްޕޭނެއް ފަށައިފި

ތެލަސީމިއާއަށް ހޭލުންތެރިކަން އިތުރުކުރުމަށް ގައުމީ ކެންޕޭން އިފްތިތާހުކޮށްދެއްވުމަށް މިއަދު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ހެލްތު މިނިސްޓްރީ

ތެލަސީމިއާ ބައްޔާ ދެކޮޅަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ގައުމީ ފެންވަރުގައި ކެމްޕޭނެއް ފަށައިފިއެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކެމްޕޭން އިފްތިތާހުކޮށްދެއްވީ މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލެވެ.

ހެލްތު މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި ކެމްޕޭންގެ ދަށުން ރާއްޖޭގެ ގިނަ ބަޔަކަށް ތެލަސީމިއާއާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭނެ ނިޒާމެއް ގާއިމުކޮށް، ބައްޔާ ގުޅުން ހުރި މައުލޫމާތު ގިނަ ބަޔަކަށް ފޯރުކޮށްދޭނެ ކަމަށެވެ.

އަދި، ގްރޭޑް 10 ނިންމާ ހުރިހާ ދަރިވަރުން މި ކެމްޕެއިންގެ ދަށުން ތެލަސީމިއާއަށް ޓެސްކުރާނެ ކަމަށް އެ މިނިސްޓްރީއިން މައުލޫމާތުދެއެވެ.

ތެލަސީމިއާއަށް ހޭލުންތެރިކަން އިތުރުކުރުމަށް ގައުމީ ކެންޕޭން އިފްތިތާހުކޮށްދެއްވުމަށް މިއަދު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓްރީއިން ބުނީ މި ކެމްޕެއިންގެ މަގުސަދަކީ ތެލަސީމިއާ ގުޅިގެން އުފަންވާ ލޭއަޅާކުދިންގެ ނިސްބަތް މަދުކުރުން ކަމަށެވެ.

އެގޮތުން ތެލަސީމިއާގެ ސަބަބުން އުފަންވާ ލޭއަޅާ ކުދިންގެ ނިސްބަތް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 50 ޕަސެންޓަށް ދަށް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް