މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމްކޮށްލައިފި

ފުލުހަކު މަގުމަތީގައި: މިރޭ ބިދޭސީއަކު ވަނީ ޒަހަމްކޮށްލާފައި، ފުލުހުން ވަނީ އެ ހާދިސާއާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފައި -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ، މުތީ ގޯޅީގައި ހިނގި މި ހާދިސާގެ މައަސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިރޭ 19:26 ހާއިރު ކަމަށެވެ.

އެ ހާދިސާގައި އަނިޔާވިމީހާ މިހާރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ހަމަލާދީފައިވަނީ އެ މީހާގެ ބޮލަށެެވެ. އަދި އޭނާގެ ބޮލުން ވަރަށް ގިނައިން ލޭ ފައިބާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

އެ މައްސަލައާ ގުޅިގެން ބިދޭސިއަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ މިހާރު މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް