ޤަޟާއީ އަހަރު އިފްތިތާހްކޮށްދެއްވާ، މުވައްޒަފުންގެ އަގު ވަޒަންކޮށްފި

18 ޖެނުއަރީ 2024: ގަޟާއީ އާ އަހަރު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ޝަރުއީ ދާއިރާގެ މަސައްކަތްތައް ފެށުމަށް ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ 'ޤަޟާއީ އަހަރު' ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އިފްތިތާޙު ކޮށްދެއްވައިފިއެވެ.

'ޤަޟާއީ އަހަރު 2024' އިފްތިތާހުކޮށްދެއްވީ މިކަމަށް ޓަކައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި މިރޭ ބޭއްވެވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިނާއި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނުގެ އިތުރުން ކެބިނެޓް މިނިސްޓަރުންނާއި ފަނޑިޔާރުން ބައިވެރިވެވަޑައިގަތެވެ.

ޤަޟާއީ އަހަރު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ، ފާއިތުވި އަހަރުގެ ތެރޭގައި ޝަރުއީ ދާއިރާއިން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުވީ މިންވަރު ދެނެގަނެ ފެށޭ އަހަރަށް ލަނޑުދަނޑިތައް ކަނޑައެޅުމެވެ.

މި ރަސްމިއްޔާތުގައި ވަނީ ޝަރުޢީ ދާއިރާއަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި މުވައްޒަފުންނަށް އެ ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ އަރުވައިފައެވެ. އެ ބޭފުޅުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސް މުއިއްޒެވެ.

މިރޭގެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވަނީ ވާހަކަފުޅުދައްކަވައިފައެވެ. އެ މަނިކުފާނު ވަނީ ފާއިތުވި އަހަރު ޝަރުއީ ދާއިރާގެ މުވައްޒަފުން ކުރި މަސައްކަތަށް ޝުކުރު އަދައިކުރައްވައިފައެވެ.

https://sun.mv/187570

ނަމަވެސް ދާއިރާގެ މައްސަލަތަކަށް އަލިއަޅުއްވައިލައްވައި އެ ކަންކަމަށް އަވަސް ހައްލެއް ބޭނުންވާކަމަށް ވިދާޅުވެފައެވެ/

comment ކޮމެންޓް