ހަންގޭރީގައި ކިޔެވުމުގެ ސްކޮލާޝިޕްތަކެއް ހުޅުވާލައިފި

ހުރިހާ ޚަރަދެއް ކަވަރުކޮށްދޭ ގޮތަށް ހަންގޭރީގައި ކިޔެވުމުގެ ސްކޮލާޝިޕްތަކަަކަށް ކުރިމަތިލުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވައިލައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ މި ސްކޮލާޝިޕްގައި ބައިވެރިވުމުގެ ފުރުސަތު މިއަދުގެ އިރުއޮއްސުމުގެ ހައެއް ޖެހުމާ ހަމައަށް ހުޅުވައިލައިފައިވާ ކަމަށެވެ.

މި ފުރުސަތުގައި މާސްޓާސް ޑިގްރީއާ ބެޗްލާސް ޑިގްރީ އަދި ޑޮކްޓޯރަލް ޑިގްރީގެ ކޯސްތަކުގެ ސްކޮލާޝިޕްތައް ދޭން ވަނީ ހަމަޖެހިފައެވެ.

މި ސްކޮލާޝިޕްއާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް https://mohe.gov.mv/announcements/view/660 މި ލިންކް ބޭނުންކުރުމަށް އެޑިއުކޭޝަންއިން ވަނީ އެދިފައެވެ.

މަތީ ތައުލީމްގެ ދާއިރާއިން ރާއްޖެއަށް ގިނަ ގައުމުތަކަކުން ސްކޮލާޝިޕް ދޫކުރެއެވެ. އެ ފަދަ ސްކޮލާޝިޕްތަކުގައި މިހާރު ވެސް ރާއްޖޭގެ ގިނަ އަދަދެއްގެ ދަރިވަރުން މަތީ ތައުލީމް ހާސިލްކުރަން ގޮސް އެބަތިއްބެވެ.

އޭގެ ތެރޭގައި، ބަންގްލަދޭޝް، އިންޑިއާ، ޕާކިސްތާން، އަދި އޮސްޓްރޭލިއާ ހިމެނެއެވެ.

comment ކޮމެންޓް