މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އަޒްމީލް ޝަރުތުތަކާއެކު ދޫކޮށްލައިފި

އެންސީއޭގެ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކުރި އަޒޭ ----

ފިލްމީތަރި އަހުމަދު އަޒްމީލް މަސްތުވާތަކެއްޗާއެކު ހައްޔަރުކުރުމަށްފަހު، މިއަދު ޝަރުތުރުތަކެއް ކުރުމަށް ފަހު ދޫކޮށްލައިފިއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޑްރަގް އެންފޯސްޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ރޭ ކޯޓު އަމުރެއްގެ ދަށުން ވިލިމާލޭގެ ފުލެޓެއް ބަލައިފާސްކޮށް ދެ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ކަމަށެވެ.

ވިލިމާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން 41 އަހަރުގެ މީހާއަކީ އަޒްމީލް އެވެ.

ފުލުހުން ބުނީ އެ ފްލެޓް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ސާމާނު ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރުމުން 40 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ޖެހި ނަމަވެސް 41 އަހަރުގެ މީހާއަށް ޝަރުތުކުރުމަށްފަހު ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އޭނާގެ މައްޗަށް ކޮށްފައިވަނީ ކޮން ޝަރުތުތަކެއް ކަމެއް ފުލުހުން ހާމައެއްނުކުރެއެވެ.

އެ މައްސަލަ ޑްރަގް އެންފޯސްޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފިލްމީ ދާއިރާގައި ހަރަކާތްތެރިވާތާ ގިނަ އަހަރުތަކެއްވެފައިވާ އަޒްމީލް ވަނީ މީގެކުރިން، ނޭޝަނަލް ސެންޓާ ފޯ ދި އާޓްސްގެ އެގްޒެކްޓިވް ޑިރެކްޓަރެއްގެ މަގާމު އަދާކޮށްފައެވެ.

comment ކޮމެންޓް