މިދިޔަ ނޮވެމްބަރު މަހު 11ގައި ސިނަމާގައި ރިލީޒްކުރި ސަލްމާން ޚާނާއި ކެޓްރީނާ ކައިފްގެ ފިލްމު "ޓައިގާ3" އެމޭޒަން ޕްރައިމްގައި ސްޓްރީމްކުރަން ފަށައިފިއެވެ.
މަނީޝް ޝަރުމާ ޑައިރެކްޓްކޮށް އަދިތުޔަ ޗޯޕްރާ ޕްރޮޑިއުސް ކުރި "ޓައިގާ3"އަކީ ބޮލީވުޑްގެ އެންމެ ވަރުގަދަ ފިލްމު ކުންފުނި ޔަޝް ރާޖް ފިލްމްސްގެ އުފެއްދުމެކެވެ.
ސަލްމާން ޚާނާ އެކު ކެޓްރީނާ ކައިފް ލީޑު ރޯލު ކުޅެފައިވާ މި ފަހަރުގެ ފިލްމުން އެކްޓަރު އިމްރާން ހާޝިމީ ފެނިފައިވަނީ ސަލްމާނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގާ ވަރުގަދަ ނުބައިބައި މީހެއްގެ ރޯލުންނެވެ. ފިލްމު "ޓައިގާ3" އެއީ ޔަޝް ރާޖް ފިލްމްސްގެ ދަށުން ހިންގާ ވައިއާރްއެފް ސްޕައި ޔުނިވާސްއިން ގެނެސްދިން މި ސިލްސިލާގެ ތިންވަނަ ފިލްމެވެ. ކުރިން ގެނެސްދިން ދެ ބައިން ވެސް ސަލްމާން ޚާންގެ ވަރުގަދަ ސްޓަންޓް ހިމެނޭ މަންޒަރުތައް ފެނިފައިވާއިރު "ޓައިގާ3"އިން ސަލްމާނެކޭ އެއްވަރަށް ބަތަލާ ކެޓްރީނާގެ ވަރަށް ގިނަ އެކްޝަން ސީންތައް ވަނީ ހިމަނައިފައެވެ.
މި މަންޒަރުތަކަށް ތައްޔާރުވުމަށް ކެޓްރީނާ ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށާއި ސަލްމާނާ އެއް ފެންވަރަކަށް އެކްޝަން ސީންތައް ގެނެސްދިނުމަށް ވަރަށް މަސައްކަތް ކުރި ކަމަށް ކެޓްރީނާ ވަނީ ބުނެފައެވެ.

ސަލްމާން ޚާން ފިލްމު "ޓައިގާ3"ގެ މަންޒަރެއްގައި --
އައިއެސްއައި އެޖެންޓެއްގެ ރޯލްއިން ސަލްމާން ޚާން މި ސިލްސިލާގައި ކުރި ދަތުރުގައި އަމިއްލަ ޤައުމާ ދުރުގައި ހުއްޓަސް އަމިއްލަ ވަތަނަށް ދިމާވާ ކޮންމެ ކަމަކުން ސަލާމަތް ކުރުމަށް އަބަދު ވެސް ހުންނަނީ ތައްޔާރަށެވެ.
ސަލްމާނާ އެކު އެކްޓަރު ހިންގާ ކޮންމެ މިޝަންއެއްގައި އެހީތެރިވުމަށް ބައިވެރިޔަކަށް ހުންނަނީ ބަތަލާ ކެޓްރީނާ ކައިފް (ޒޯޔާ)އެވެ. ޖުމްލަ 300 ކްރޯރް ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމު ވަނީ ބޮކްސް އޮފީހުގައި ހަތަރު ސަތޭކެ ކްރޯރް ފަހަނައަޅާ ގޮސްފައެވެ.