ހައްޖު ކޯޓާ އިތުރުވާނަމަ އެހެން ކުންފުނިތަކަށް ކޯޓާ ދޭނަން: ޝަހީމް

ހައްޖު ކޯޓާތައް ކޯޕަރޭޝަނާ ހަވާލު ކުރުމުގެ ރައްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އިންފިނިޓް މޯމެންޓްސް: ގަވީމް

ހައްޖަށް މީހުން ފޮނުވަން ރާއްޖެއަށް ލިބޭ ކޯޓާ އިތުރުވާނަމަ އަމިއްލަ ކުންފުނިތަކަށް ކޯޓާ ދޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭން މީހުން ހައްޖަށް ގެންދިއުމަށް މިހާރު ލިބޭ އެއް ހާސް ކޯޓާ އެއްކޮށް ހައްޖު ކޯޕަރޭޝަންއަށް ދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވާފައިވާއިރު މިއަދު ވަނީ އެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީއާއި ހައްޖު ކޯޕަރޭޝަންއާ ދެމެދު ސޮއި ކޮށްފައެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، ރާއްޖޭން ހައްޖަށާއި އުމްރާއަށް މީހުން ގެންދިއުމަށް ލިބޭ ކޯޓާ އިތުރުވެއްޖެ ނަމަ އަމިއްލަ ކުންފުނިތަކަށް ބައެއް ކޯޓާތައް ދިނުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

ހައްޖު ކޯޓާތައް ކޯޕަރޭޝަނާ ހަވާލު ކުރުމުގެ ރައްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އިންފިނިޓް މޯމެންޓްސް: ގަވީމް

"އުމްރާއަށް މީހުން ގެންދިޔުމަށާއި ކޯޓާ [ހައްޖު] އިތުރުވެއްޖެނަމަ އެހެނިހެން ކުންފުނިތަކަށް ފުރުސަތުތައް ހުޅުވާލުމުގެ ވިސްނުން އެބައޮތްމ" މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

ހަމައެއާއެކު، ހައްޖަށް ގެންދަން ލިބޭ ހުރިހާ ކޯޓާއެއް ހައްޖު ކޯޕަރޭޝަނާ ހަވާލުކުރުމަށް ނިންމީ ގިނަ ދުވަސްތަކެއް ވަންދެން ކުރި މަޝްވަރާތަކެއްގެ އަލީގައި ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

އަދި ހައްޖު ކޯޕަރޭޝަނަށް ހުރިހާ ކޯޓާއެއް ދިނީ އަމިއްލަ ފަރާތްތަކަށް ހުރަސް އެޅުމަށް ނޫން ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

"މި ފިޔަވަޅަކީ އެއްވެސް ހާލެއްގައި އަމިއްލަ ގުރޫޕުތަކުގެ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން އެޅި ފިޔަވަޅެއް ނޫން." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ހައްޖު ކޯޕަރޭޝަނަށް ގެންނަ ބަދަލުތަކާއެކު ރާއްޖެއިން ހައްޖާއި އުމްރާއަަށް ދާން ދައްކަން ޖެހޭ އަގު ކުޑަ ކުރައްވާނެ ކަމަށެވެ. އަދި މިނިސްޓަރު ވިދާޅުވީ މިކަމަށް އަމަލީ ސިފައެއް ދެތިން އަހަރު ތެރޭ ގެނެވޭނެ ކަމަށެވެ.

comment ކޮމެންޓް