މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޗެއާމަންގެ މަގާމަށް ކުރިން އިސް މަގާމުތަކެއް ސަރުކާރުގައި ފުރުއްވި މުހައްމަދު އަފީފް ހަސަން މިއަދު އައްޔަން ކުރައްވައިފިއެވެ.
އަފީފް މި މަގާމަށް އައްޔަން ކުރައްވިކަން ހާމަކޮށްފައިވަނީ މިއަދު އެމްޓީސީސީއިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ
މީގެ ކުރިން އަފީފްވަނީ ސްޓެލްކޯގެ ޗެއާމަންކަމުގެ މަގާމުގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވައިފައެވެ.
އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހައުސިން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު ވެސް ފުރުއްވައިފައެވެ.