ގަމުން، މަސް ހިފަން މޫދަށް އެރުނު ޒުވާނަކު ހޯދަނީ

ސ.ގަން --- ފޮޓޯ/ގޫގުލް

އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތު ބޭރަށް ރޭ މަސް ހިފަން އެރުނު ޒުވާނެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަނީ ސ.މަރަދޫ، ކުރެދުމާގެ މުޙައްމަދު ނާއިޝް 18، ކަމަށެވެ.

މި މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވަނީ ރޭ 22:30 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ޒުވާނާ ގެއްލިފައިވަނީ އިތުރު ދެ މީހުންނާ އެކު މަސް ހިފަން މޫދަށް ފޭބުމަށް ފަހުގައެވެ.

އޭނާ ހޯދުމުގެ މަސައްކަތުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް މަރަދޫ އަވަށު އޮފީހުން ވަނީ އެދިފައެވެ.

އެމްއެންޑީއޭފުން ބުނީ އެ ޒުވާނާ ހޯދުމުގެ މަސައްކަތް އެ ރަށު ރައްޔިތުންނާއި ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

އެ މަސައްކަތުގައި ފުލުހުންނާއި ސިފައިންގެ އިތުރުން އާންމުންގެ ގިނަ އުޅަނދުތަކެއް ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެކަމަކު، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ކުއްޖާ ފެނިފައެއް ނުވެއެވެ.

މޫދަށް އެރުނު ޒުވާނަކު ގެއްލިގެން ހޯދާއިރު، މިއީ މުޅި ރާއްޖެއަށް ވެސް ވިއްސާރަ ދުވަސްވަރެކެެވެ.

comment ކޮމެންޓް