ފުރަތަމަ ޓާމު ކިޔެވުމަށްފަހު ދަރިވަރުން ޗުއްޓީއަށް

އިމާދުއްދީން ސްކޫލުގައި ރިޕޯޓު ދެނީ -- ފޮޓޯ: އިންފިނިޓް މޫމަންޓްސް/ މުޙައްމަދު މާވީ

މި ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައިލުމަށްފަހު މިއަދު ދަރިވަރުންނަށް ރިޕޯޓް ފޯމު ހަވާލުކޮށް ޗުއްޓީއަށް ގޮސްފިއެވެ.

މި އަަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށީ 84،000 އަށްވުރެ ގިނަ ދަރިވަރުންނާ އެކުގައެވެ.

ދިރާސީ އަހަރުގެ ކިޔެވުން މި އަހަރުގެ އޯގަސްޓު ހައެއްގައި ފެށިއިރު ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ މަހުގެ ހަތްވަނަ ދުވަހެވެ.

ފުރަތަމަ ޓާމް ޗުއްޓީއަށް، ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން ދަރިވަރުންނަށް 16 ދުވަސް ލިބޭނެއެވެ.

ސަރުކާރުގެ އެއް ދަންފަޅިއަށް ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ސިޔާސަތާ އެއްގޮތަށް މި އަހަރު 156 ސްކޫލެއްގައި ކިޔަވައިދެނީ އެއް ދަންފަޅިއަށެވެ. އަދި ސެޓްލައިޓް ސްކޫލް ނިޒާމަށް ހަ ސްކޫލެއްގައި ކިޔަވައިދިނެވެ.

ސްކޫލްތަކުގެ ދަރިވަރުން ރިޕޯޓް ބަލައި ގޮސް-- ސަން ފޮޓޯ/މުހައްމަދު މާވީ

ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައިލިއިރު، ދެކެވުނު އެންމެ މައިގަނޑު އެއް ވާހަކައަކީ ޖެނުއަރީއަށް ދިރާސީ އާ އަހަރު ފެށޭގޮތަށް އަލުން ބަދަލުކުރުމެވެ.

އެ ކަމުގައި ކުރީ ސަރުކާރުގެ އިސްވެރިންނާއި، މި ސަރުކާރުގެ އިސްވެރިންގެ ޚިޔާލު ވެސް ތަފާތެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

comment ކޮމެންޓް