83 އަހަރުގެ މީހަކު އެކްސިޑެންޓްވި މަންޒަރު ދުށް މީހަކު ހޯދަނީ

އައްޑޫ ސިޓީ. (ފޮޓޯ/ފޭސްބުކް)

އައްޑޫ ސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގަށް، އެ އެކްސިޑެންޓުގެ މަންޒަރު ދުށް މީހަކު ހުރިތޯ ބަލަން އިއުލާން ކޮށްފިއެވެ.

މި އެކްސިޑެންޓް ހިގައިފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ 16:28 ހާއިރު ހިތަދޫ، މެދެއާރި މަގާއި ޝަރަފުއްދީން މަގު ގުޅުނު ހަތަރު އަނގޮޅިން ކަމަށް ފުލުހުން ބުނެއެވެ. އަދި މި އެކްސިޑެންޓް ވެފައި ވަނީ ކާރަކާއި ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަންއިން 83 އަހަރުގެ ފިރިހެނަކަށެވެ. އޭނާއަށް އޭޑީކޭގައި ފަރުވާދެމުން ދާކަަމަށް ފުލުުހުން ބުނެއެވެ.

މި އެކްސިޑެންޓުގެ މަންޒަރު ދުށް އެއްވެސް މީހަކު ހުރި ނަމަ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅުމަށް ފުލުހުން އެދެއެވެ.

comment ކޮމެންޓް