އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ގައިސް ވަކިކޮށްފި

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކުރި މުހައްމަދު ގައިސް --

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ބޯޑުގައި ޑިރެކްޓަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ގައިސް އިއްޔެ މަގާމުން ވަކިކޮށްފިއެވެ.

އެސްޓީއޯގެ މީޑިއާ އޮފިޝަލަކު "ސަން" އަށް ވިދާޅުވިގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ޑިރެކްޓަރަކަށް އައްޔަނުކުރެއްވި ގައިސް، މަގާމުން ވަކި ކޮށްފައިވަނީ އިއްޔެ ކަމަށެވެ.

ގައިސް އެސްޓީއޯއަށް އައްޔަނު ކުރީ 2019 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހުއެެވެ.

އާ ސަރުކާރާއެކު ސަރުކާރުގެ އެންމެ ބޮޑު ކުންފުނީގެ ވެެރިންނަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

ގައިސް މަގާމުން ވަކި ކުރުމާ އެކު، އެ ބޯޑުގައި މިހާރު ތިއްބަވާ ހަ ބޭފުޅުންނަކީ ޗެއާމަން އާމިރު މަންސޫރާއި، ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމާއި، ޑިރެކްޓަރުން ކަމަށްވާ މުހައްމަދު ނިޒާމާއި، އިސްމާއިލް ޒުމައިލް ރަޝީދު އަދި މުހައްމަދު މުރާދުގެ އިތުރުން މުހައްމަދު އަހުސަން ސަލީމެވެ.

comment ކޮމެންޓް