އެއްލައިލައިފައި އޮއްވާ ދިގުރަށުން ފެނުނު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި

ދިގުރަށުގައި ޕްލާސްޓިކް ކުނި ހޮވުމަށް ހިންގި ހަރަކާތުގެ ތެރެއިން -- ފޮޓޯ/ ދިގުރަށު ކައުންސިލް

މި މަހުގެ ތިން ވަނަ ދުވަހު އދ. ދިގުރަށުގައި ވިހެއުމަށް ފަހު އެއްލައިލައިފައި އޮށްވައި ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފިއެވެ.

މިކަން ފުލުހުން ވަނީ "ސަން"އަށް ކަށަވަރު ކޮށްދީފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އެ ކުއްޖާ ޕޯސްޓްމޯޓަމް ހަދަން ފޮނުވީ، އިއްޔެ ކަމަށެވެ. ޕޯސްޓްމޯޓަމް ހަދަން އެ ކުއްޖާގެ ހަށިގަނޑު ފޮނުވީ އިންޑިއާއަށް ކަމަށް ފުލުހުން ބުންޏެވެ.

ދިގުރަށުގައި ވިހެއުމަށް ފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮއްވާ ފެނުނީ ދުވަސްފުރާ ވިހާފައިވާ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ފެނުނުއިރު ވެސް އޮތީ މަރުވެފައެވެ.

މަރުވެފައިއޮތް އެ ކުއްޖާ ފެނި ހޮސްޕިޓަލަށް ގެންދިއުމުގައި ހަރަކާތްތެރިވި އެ ރަށު ރައްޔިތަކު "ސަން"އާ ވާހަކަ ދައްކަމުން ބުނީ، އެއީ ސިއްހަތު ރަނގަޅު އަންހެން ކުއްޖެއް ކަމަށެވެ. އަދި, އެ ކުއްޖާގެ ބަރުމިނުގައި ތިން ކިލޯ ހުންނާނެ ކަމަށް ބެލެވޭކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ކުއްޖާ ފެނުނު އިރު އޮތީ ފޫޅުވެސް ނުކަނޑާ ކަމަށެވެ. އަދި، ކުއްޖާ ފެނުނީ ވިހެއުމަށް ފަހު މާ ގިނައިރުތަކެއް ނުވަނީސްކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ބުންޏެވެ.

ހަމަ އެދުވަހު އެ މައްސަލައިގައި ވަނީ، ސްރީލަންކާ އަންހެނަކު ހައްޔަރު ކޮށްފައެވެ. އޭނާ ހައްޔަރު ކުރީ ރާއްޖެއިން ފުރުމަށް އެއާޕޯޓަށް ގޮސް ހުއްޓައެވެ.

comment ކޮމެންޓް