ސްޓާލިންކުން، އަމިއްލައަށް ފްރިކުއެންސީ ހޯދާ އާ ސެޓެލައިޓު ކިޓެއް

ސްޓާލިންކްގެ ފަހުގެ އެންޓަނާ ކިޓު ---

ސްޓާލިންކުގެ ޚިދުމަތް ބޭނުންކުރާ މީހުންނަށް ފަސޭހަކޮށްދީ އިންޓަނެޓްގެ ހިދުމަތުގެ އިތުބާރު ރަނގަޅު ކުރުމަށް ފަރުމާކޮށްފައިވާ ފިކްސްޑް އެންޓަނާއެއް ހިމެނޭ އާ ސެޓެލައިޓް އިންޓަނެޓް ކިޓެއް ތައާރަފުކުރަން ނިންމައިފިއެވެ.

ސްޓޭންޑާޑް ސްޓާލިންކް ސެޓަޕާ ހިލާފަށް "ޑިޝީ މެކްފްލެޓްފޭސް"ގެ ނަމުން ނަން ދީފައިވާ ގިނަ ފަސޭހަތަކެއް އެކުލެވޭ ޑިޝްއެއް ހިމެނޭ މި ކިޓަކީ ފިކްސްޑް އެންޓަނާއަކާ އެކު އުފައްދާފައިވާ ކިޓެކެވެ. މި އާދަޔާ ހިލާފު ސެޓެލައިޓް އެންޓަނާ ވަކި ތަނެއްގައި ހަރުކޮށްލުމުން ސިގްނަލް ހޯދުމަށް މާ ބޮޑު ކަމެއް ކުރާކަށް ނުޖެހޭނެއެވެ. އޮޓެމެޓިކުން އޭގެ ފްރެކްސީއަށް އަމިއްލައަށް ސެޓުވާނެއެވެ.

ސްޓާލިންކްގެ އެންޓަނާ ކިޓްގެ ޑިޒައިނަށް ވަރަށް ފަހުން ވެސް ވަނީ ބަދަލުގެނެސްފައެވެ. އެ ބަދަލަކީ ވެސް ގިނަ ބަޔަކަށް ކަމުދިޔަ ރަނގަޅު ބަދަލެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ކުންފުނީގެ އާ ފިކްސްޑް އެންޓެނާ ޑިޒައިންގެ ސަބަބުން ގިނަ ފައިދާތަކެއް ލިބިގެންދެއެވެ. ފުރަތަމަ ކަމަކީ މެނުއަލްކޮށް ކުރަންޖެހޭ މަސައްކަތް ކުޑަވުމެވެ. ހާއްސަކޮށް ޓެކްނޮލޮޖީއަށް އަހުލުވެރިނުވާ ބަޔަކަށް ހިދުމަތެއް ދޭން ބޭނުންވާ މީހުންނަށް މިއީ ވަރަށް ފަސޭހަ ސިސްޓަމެކެވެ.

މީގެ އިތުރުން ފިކްސްޑް އެންޓަނާއަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ނުވަތަ އެއްޗަކާ ނިވާވެގެން ވެސް ސިގްނަލަށް ބަދަލެއް ނައިސް ސްޓޭބަލް އަދި ކޮންސިސްޓެންޓް ކަނެކްޝަނެއް ކަށަވަރުކޮށްދޭ އެންޓަނާއެކެވެ.

ސްޓާލިންކްގެ މި އާދަޔާޚިލާފު އުފެއްދުން އަދި ޢާއްމުކޮށް ބާޒާރަށް ނުނެރުނު ނަމަވެސް އެ ކުންފުނިން ފާހަގަ ކޮށްފައިވާ ވަކި ކަސްޓަމަރުންނަށް އެ އުފެއްދުން ތަޖުރިބާކޮށް ޓެސްޓްކޮށްލުމަށް މިހާރު ދަނީ ފޯރުކޮށްދެމުން ކަމަށް ސްޓާލިންކްގެ ރަސްމީ ވެބްސައިޓްގައި ބުނެފައިވެއެވެ.

comment ކޮމެންޓް