ކުޅުދުއްފުށިން ރާއްޖެއިން ނައްތައިލެވިފައިވާ ފައިލޭރިއާގެ 16 ކޭސްއެއް ފެނިއްޖެ

ފައިލޭރިއާ ބަލި ޖެހިފައިވާ މީހެއް --

ރާއްޖެއިން ނައްތައިލެވިފައިވާ ކަމަށް އިއުލާނުކޮށްފައިވާ ބައްޔެއްކަމަށްވާ ފައިލޭރިއޭސިސް ބައްޔަށް ސްކްރީންކުރެވިފައިވާ 16 ކޭހެއް ހދ. ކުޅުދުއްފުށިން ފެނިއްޖެއެވެ.

މި ކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެމުން ކުޅުދުުއްފުށީ ހޮސްޕިޓަލުން ބުނީ އެ 16 ކޭސް ފާހަގަވެފައިވަނީ އެ ރަށުގައި ދިރިއުޅޭ ބިދޭސީންތަކެއްގެ ފަރާތުން ކަމަަށެވެ.

އެ ކޭސްތައް ފާހަގަވީ ހެެލްތު ޕްރޮޓެކްޝަން އެޖެންސީއާއި އެހެން ބައެއް ޖަމިއްޔާތަކާ ގުޅިގެން ކުޅުދުއްފުށީ ހޮސްޕިޓަލުން ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ހެލްތު ސްކްރީނިން ކޭމްޕެއްގެ ތެރެއިންނެވެ.

"އޭގެ ތެރޭގައި ކުރެވުނު ބައެއް ޓެސްޓުތަކުގެ ތެރޭގައި ފައިލޭރިއާ ހުރިތޯ ބެލުމުގެ ޓެސްޓުތަކެއް ކުރެވުނީ. ދެން އެ ބެލިބެލުމުން 16 ކޭސް ފާހަގަވެފައިވަނީ ސްކްރީނިން މަރުހަލާގައި. ބަލި ހުރިތޯ އިތުރަށް ޔަގީންކުރުމަށް އިތުރު ޓެސްޓުތަކެއް މިހާރު ހަދަން ތައްޔާރުވަމުން އަންނަނީ،" ކުޅުދުއްފުށީ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ ބިދޭސީންނަކީ އެ ބަލި ފެތުރޭ ގައުމަކުން ވަރަށް ފަހުން އެ ރަށަށް އައި ބައެއްކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.

އެއާއެކު މިހާރު، ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ދިރިއުޅެމުން އައި މީހުންގެ ސްކްރީނިން ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.

ފައިލޭރިއާ އުފެދެނީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީއާއިންނެވެ. މިއީ ޑެންގޫއާއި ޗިކުންގުންޔާ ފަތުރާ މަދިރިއަށް ވުރެ ތަފާތު މަދިރިއެކެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު އެއް ކަަމަކީ މަދިރިން ރައްކާތެރިވުމެވެ.

އެގޮތުން މަދިރި އާލާވާނެ އެންމެހާ ތަންތަން ނައްތައިލުން ހިމެނެއެވެ

comment ކޮމެންޓް