އަބްދުއްލަތީފަށް ޖޭއެސްސީގެ މެމްބަރުކަމުގެ ލިޔުން ހަވާލުކޮށްފި

ޤާނޫނީ ދާއިރާގެ މެންބަރުކަމަށް އަލްއުސްތާޛު ޢަލީ ޢަބްދުއްލަޠީފް އައްޔަންކުރައްވަިއ މަގާކުގެ ފަތްކޮޅު އަރުވަނީ-- ފޮޓޯ/ރައީސް އޮފީސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ގާނޫނީ ދާއިރާގެ ވަކީލަކު ތަމްސީލްކުރާ ގޮނޑިއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ގއ. ވިލިނގިލި، ބީޗުހައުސް، އަލީ އަބްދުއްލަތީފް، މިއަދު އައްޔަނުކުރައްވައިފިއެވެ.

އަބްދުއްލަތީފް މަގާމަށް އައްޔަންކުރުމަށް މިއަދު ރައީސް އޮފީހުގައި ބެއްވި ރަސްމިއްޔާތުގައި ރައީސްވަނީ މަގާމުގެ ފަތްކޮޅު އޭނާއަށް އަރުވައިފައެވެ.

https://sun.mv/185797

އަބްދުއްލަތީފް މަގާމާ ހަވާލުވެވަޑައިގަތީ އެ މަގާމުގެ ހުވައިކުރެއްވުމަށްފަހުގައެވެ. އޭނާއަށް ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.

އޭނާ މި މަގާމަށް ހޮވުނީ ބާ ކައުންސިލުން މި މަގާމަށް ވާދަކުރުމަށް ކުރިމަތިލުމަށް ހުޅުވައިލި ވޯޓުގައި ބައިވެރިވެގެންނެވެ.

މި އިންތިޚާބަށް ހަމަވާންޖެހޭ ޝަރުތުތަކާއެކު ވާދަކޮށްފައިވަނީ ވެސް ހަމައެކަނި އަބްދުއްލަތީފެވެ.

އެއީ އެ މަގާމަށް ވާދަކުރެއްވި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ ޒުބައިރު މުހައްމަދުގެ ކިބައިގައި އެ މަގާމަށް ޝަރުތު ހަމަނުވާކަމަށް ބާ ކައުންސިލުން ނިންމައި ނަން ބޭރުކޮށްލުމުންނެވެ.

comment ކޮމެންޓް