ޖޭއެސްސީގައި ވަކީލުން ތަމްސީލްކުރާ މެމްބަރަކަށް އަބްދުއްލަތީފް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ގާނޫނީ ވަކީލުން ތަމްސީލްކުރާ މެމްބަރުކަމަށް ގއ. ވިލިނގިލ،ި ބީޗްހައުސ،ް އަލީ އަބްދުއްލަތީފް އިންތިޚާބުކޮށްފިއެވެ.

މި އިންތިޚާބަށް ހަމަވާންޖެހޭ ޝަރުތުތަކާއެކު ވާދަކޮށްފައިވަނީ ވެސް ހަމައެކަނި އަބްދުއްލަތީފެވެ.

އެއީ އެ މަގާމަށް ވާދަކުރެއްވި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ ޒުބައިރު މުހައްމަދުގެ ކިބައިގައި އެ މަގާމަށް ޝަރުތު ހަމަނުވާކަމަށް ބާ ކައުންސިލުން ނިންމައި ނަން ބޭރުކޮށްލުމުންނެވެ.

https://sun.mv/185640

'ފަހި ވޯޓު' މެދުވެރިކޮށް ބާ ކައުންސިލުން ބޭއްވި މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ 659 ޤާނޫނީ ވަކީލުންގެ ތެރެއިން 443 ވަކީލަކު ވޯޓު ލައިފައިވެއެވެ.

މި އިންތިޚާބަކީ ޖޭއެސްސީގައި ވަކީލަކު މަގާމު ހުސްވެފައިވާތީ އަލުން އެ މަގާމަށް މީހަކު އައްޔަނުކުރުމަށް ބާ ކައުންސިލުގެ 11 ވަނަ މާއްދައިގައި ބަޔާންކޮށްފައިވާތީ އެ ކައުންސިލުން އިންތިޚާބު ކުރި ވޯޓެއް ކަމަށް ބާ ކައުންސިލުން ބުނެއެވެ.

ބާ ކައުންސިލުން ބުނީ، ޖޭއެސްސީއަށް އިންތިޚާބުވާ ގާނޫނީ ވަކީލު މަސްއޫލިއްޔަތާ ހަވާލުވާނީ މަގާމުގެ ހުވައި ކުރެއްވުމަށް ފަހު ކަމަށެވެ.

މީގެ ކުރިން ޖޭއެސްސީގެ މެންބަރުކަމަށް މުޙައްމަދު ސަމީރާއި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ އައްޔަންކުރައްވައިފައެވެ.

comment ކޮމެންޓް