ލިމިޓެޑް ސްލޮޓާއެކު، އުރީދޫ ފަން ރަންގައި ރެޖިސްޓާ ވުމުގެ ފުރުސަތު އަނެއްކާ ވެސް ހުޅުވާލައިފި

އުރީދޫ ފަން ރަންގެ ތެރެއިން--

ލިމިޓެޑް ސްލޮޓާއެކު މިއަހަރުގެ އުރީދޫ ފަން ރަންގައި ރެޖިސްޓާ ވުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފިއެވެ.

އުރީދޫއިން ބުނީ މި ފުރުސަތު އަލުން ހުޅުވާލީ ވަރަށް ގިނަ އަދަދެއްގެ މީހުންގެ އެދުމުގެ މަތިން ކަމަށެވެ.

މި ދުވުމުގައި މިހާރުވެސް 5000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި މި ދުވުމުގައި ބައިވެރިވުމަށް ޝައުގުވެރިވާ މީހުންނަށް، މިހާރު މޫލީ މެދުވެރިކޮށް ބޭނުންވާ ފަން ރަން ކިޓަށް އޯޑަރު ކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އުރީދޫ ފަން ރަންގެ ތެރެއިން--

އުރީދޫއިން ބުނީ، އުރީދޫ ފަން ރަންގެ ކިޓުތައް ވަނީ ދެ ކެޓަގަރީއަކަށް ބަހާލެވިފައި ކަމަށެވެ. އެއީ:

  • 100 ރުފިޔާގެ ސްޓޭންޑަޑް ކިޓްތަކުގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް
  • 200 ރުފިޔާގެ ފަން ކިޓްތަކުގެ ތެރޭގައި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި ފޮތި ކޮތަޅާއި ލޮލުގައި އަޅާ ގޮގްލްސް އަދި މަލްޓިޕާޕަސް ބަނޑާނާ

އުރީދޫއިން ބުނީ މި ފަން ރަން ބޭއްވަން ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށެވެ. އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަ ކޮށްލަން ބޭނުންވާ އެންމެހާ ފަރާތްތަކުން މި ފަން ރަންގައި ބައިވެރިވުމަށް އުރީދޫއިން ދައުވަތު އަރުވައެވެ.

މި ދުވުމުގައި ހަ އަހަރުން މަތީގެ އެންމެންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.

އުރީދޫގެ މި ފަން ރަން ވާނީ އަލަށް ދުވާ މީހުންނާ، އާންމުކޮށް ދުވާ މީހުންނަށްވެސް މަޖާ ދުވުމަކަށް ކަމަށް އުރީދޫއިން ބުނެއެވެ. އުރީދޫއިން ބުނީ މި ދުވުމުގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ.

އުރީދޫ ފަން ރަންގެ ތެރެއިން--

އެގޮތުން މި ދުވުމުގައި، ކޮންމެ ކިލޯމީޓަރެއް ދުވެ ނިމޭ އިރު ހުންނަ ސްޓޭޝަން ތަކުގައި، ކުލައާއި ފެނުގެ އިތުރުންވެސް މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ ނުވަތަ ޖޮގްކޮށްފައި ނުވަތަ ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

މި ރަންއަކީ ތަފާތު އަދި މަޖާ ހަރަކާތަށް ހެދުމުގެ ގޮތުން، އުރީދޫއިން މި ހަރަކާތުގެ ބައިވެރިންނަށް ބިބް ކަސްޓަމައިޒްކޮށް ބިބްގައި ބޭނުން ނަމެއް ޖެހުމުގެ ފުރުސަތު ވަނީ ފަހި ކޮށްދީފައެވެ.

އެހެން ނަމަވެސް ދުވުމުގެ ތާރީޚު ކައިރިވެފައިވުމާއެކު، ބިބް ކަސްޓަމައިޒް ކުރުން މިހާރު ވަނީ ބަންދު ކޮށްފައެވެ.

މި ދުވުމުގައި ބައިވެރިވުމަށް މޫލީ މެދުވެރިކޮށް ފަން ރަން ކިޓަށް އޯޑަރު ކުރުމުން ރެޖިސްޓާ ކުރެވޭނެއެވެ.

comment ކޮމެންޓް