އަގުހުރި ވަނަތަކާ އެކު އުރީދޫ ނޭޝަންގެ ކުލަގަދަ އަލްޓިމޭޓް ގޭމިން ފެސްޓިވަލް ނިންމާލައިފިއެވެ.
އުސްފަސްގަނޑުގައި ރޭ ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓާ އޮފް ސްޕޯޓްސް، ހެލްތް އެންޑް ރެކްރިއޭޝަން ޢަބްދުالله ރަފީޢެވެ.
މި ފެސްޓިވަލް ފެށީ ވައިބްރަންޓް ކޮސްޕްލޭ ސެގްމެންޓަކުންނެވެ. ފެސްޓިވަލްގައި ހުނަރުވެރި ބައިވެރިން ވަނީ އައިކޮނިކް ގޭމިންއާއި އެނިމޭ ކެރެކްޓާތައް ދިރުވައި އެ މީހުންގެ އުފެއްދުންތެރިކަން ދައްކައިލާފައެވެ. އެންމެ މޮޅު ކޮސްޕްލޭޔަރުން ފާހަގަކޮށް، އެ ޕްލޭޔަރުންނަށް ވަނީ އެވޯޑް ދީފައެވެ.

އަގުހުރި ވަނަތަކާ އެކު އުރީދޫ ނޭޝަންސް އަލްޓިމޭޓް ގޭމިން ފެސްޓިވަލް ނިންމާލައިފި --- ފޮޓޯ/ އުރީދޫ
ރޭގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އަލްޓިމޭޓް ޕްލޭޔާ އިއުލާނުކޮށް، އަހަރުގެ އެންމެ މޮޅު ކުޅުންތެރިންގެ އަގު ވަޒަންކުރިއިރު އެ އިނާމަށް ދިން 30،000 ރުފިޔާއާ އެކު އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލުކޮށްފައިވަނީ ހައިޝަމް ވަހީދެވެ. ވަރުގަދަ ވާދަވެރިކަމަކަށް ފަހު ހައިޝަމް ވަޙީދު ވަނީ "އަލްޓިމޭޓް ޕްލޭޔާ"ގެ ޝަރަފުވެރި ލަގަބާއި ތަށި ހޯދާފައެވެ.
ރޭގެ ހަފުލާގައި ވަނީ ގިނަ ކުޅިވަރުތަކަކުން ވަނަތަކަށް ހޮވުނު ފަރާތްތަކަށް ފައިސާގެ އިނާމު ހަވާލުކޮށްފައެވެ.

އަގުހުރި ވަނަތަކާ އެކު އުރީދޫ ނޭޝަންސް އަލްޓިމޭޓް ގޭމިން ފެސްޓިވަލް ނިންމާލައިފި --- ފޮޓޯ/ އުރީދޫ
މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ރާފިއު ވަނީ ރާއްޖޭގައި އީ ސްޕޯޓްސްއާއި ގޭމިން ސަގާފަތް ކުރިއެރުވުމުގައި އުރީދޫ ނޭޝަންއިން އަދާކުރަމުން އަންނަ ދައުރަށް ތައުރީފުކުރައްވާފައެވެ.
"ގޭމިންއާއި އީސްޕޯޓްސްއަކީ ދުނިޔޭގެ މުނިފޫހިފިލުވުމާއި ޑިޖިޓަލް އިނޮވޭޝަންގެ ބޮޑު ބަޔަކަށް ވެއްޖެ. ގޭމާސް ލޭންޑް ފަދަ އިވެންޓްތަކުން އަޅުގަނޑުމެންގެ ހުނަރުވެރި ގޭމަރުންނަށް ޕްލެޓްފޯމެއް ލިބުމުގެ އިތުރުން ރާއްޖޭގެ އިންޑަސްޓްރީ ކުރިއެރުވުމަށް ވެސް އެހީތެރިވެދޭ،" ރާފިއު ވިދާޅުވިއެވެ.

އަގުހުރި ވަނަތަކާ އެކު އުރީދޫ ނޭޝަންސް އަލްޓިމޭޓް ގޭމިން ފެސްޓިވަލް ނިންމާލައިފި --- ފޮޓޯ/ އުރީދޫ
އުރީދޫން ބުނީ، އެ ކުންފުނިން އުރީދޫ ނޭޝަން މެދުވެރިކޮށް ގޭމިން ކޮމިއުނިޓީ ބާރުވެރިކޮށް، ކުރިއަރުވައި ފުރުސަތުތައް ފަހިކޮށްދިނުމުގައި ދެމިތިބޭނެ ކަމަށެވެ.