އަމީނީ މަގުގެ މަސައްކަތަށް މާލޭގެ ބައެއް ބަސް ރޫޓުތަކަށް ބަދަލުތަކެއް

މާލޭގައި މިނީ ބަހުގެ ދަތުރުތައް ފެށުން -- ސަންފޮޓޯ/ ނާއިލް ހުސައިން

މާލޭ އަމީނީ މަގުގައި ތާރު އެޅުމަށް ފުޑްކޯޓު ސަރަހައްދުގައި މަގު ބަންދުކޮށްފައިވާތީ އެމްޓީސީސީން ބަހުގެ ޚިދުމަތްދޭ ބައެއް ރޫޓުތަކަށް ބަދަލު ގެނެސްފިއެވެ.

މައިގަނޑު ބަދަލެއް އައީ، އަމީނީ މަގު ރޫޓަށާއި، ވެސްޓް ޕާކާ ހަމައަށް ދާ ބަސްތަކުގެ ރޫޓަށެވެ.

އެގޮތުން އެމްޓީސީސީން މިއަދު ބުނީ، އެ ކުންފުނިން ބަހުގެ ޚިދުމަތްދޭ ރޫޓުތަކުގެ ތެރެއިން އަމީނީ މަގު ރޫޓުގެ ދަތުރުތައް ދެން ކުރިއަށްދާނީ ހަނދުވަރީ ހިންގުމުން ކަމަށެވެ.

އަދި ކުރިން ވެސްޓް ޕާކާ ހަމައަށް ދަތުރުކުރި ބަސް ރޫޓުތައްކަމަށްވާ އާރް-1 އާރް-3 އަދި އާރް-7ގެ ދަތުރުތައް ދެން އޮންނާނީ މާފަންނު ބަސް ޓާމިނަލާ ހަމައަށް ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

އަމީނީ މަގުގެ މަސައްކަތަށް، ޓްރެފިކް ފްލޯއަށް ވެސް ބައެއް ބަދަލުތައް ފުލުހުންވަނީ ގެނެެސްފައެވެ.

https://sun.mv/185777

އެމްޓީސީން މިދިޔަ މަހު ވެސް ވަނީ މާލޭގެ ބަސް ހުއްޓާ ބައެއް ރޫޓުތަށް ހުއްޓާ ތަންތަނަށް ބަދަލުތަކެއް ގެނަސްފައެވެ.

އެގޮތުން ކާނިވަލާއި ހުޅުމާލެ ފޭސް އެކަކާ ދެމެދު ދަތުރުކުރާ ބަހާއި ހުޅުމާލެ ފޭސް ދެއަކާއި، ކާނިވަލާ ދެމެދު ދަތުރުކުރާ ބަހާއި، ސޯސަން ރޫޓުގެ ބަސްތައް މިހާރު ހުއްޓާނީ ރާޅުގަނޑު މައިޒާން ކުރިމަތީގައި އަލަށް ގާއިމް ކޮށްފައިވާ ބަސް ސްޓޮޕަށެވެ.

comment ކޮމެންޓް