އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

އެފްއެސްއެމް ފިއުލް ސުޓޭޝަނުން ހިދުމަތް ދެނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ވަނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން 0.40 ލާރި އަދި ޑީސަލް ލީޓަރަކުން 0.45 ލާރި އަގުހެޔޮކޮށްފައެވެ.

މިއަދު އަގަށް ބަދަލު ގެނައުމުގެ ކުރިން އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 14.73 ރުފިޔާއަށެވެ. ޑީސަލް ލީޓަރެއް ވިއްކަމުން އައީ 14.62 ރުފިޔާއަށެވެ. އަގަށް އައި ބަދަލާ އެކު ދެން ޕެޓްރޯލް ލިބޭނީ، 14.33 ރުފިޔާއަށެވެ. ޑީސެލް ލިބޭނީ 14.62 ރުފިޔާއަށެވެ.

އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގުތަކަށް ބަދަލު ގެނައީ މި އަހަރުގެ ޖޫން މަހުއެވެ. އެ ފަހަރު އެސްޓީއޯއިން ވަނީ ޕެޓްރޯލް ލީޓަރަކުން 41 ލާރި އަދި ޑީސަލް ލީޓަރަކުން 63 ލާރި އަގުހެޔޮކޮށްފައެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާ އެކު އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ވެސް އޭގެ ހޮޔޮ ބަދަލު ގެނެއެވެ.

comment ކޮމެންޓް