"ބީއެމްއެލް ރިވޯޑްސް"ގެ ލޯޔަލްޓީ ޕްރޮގްރާމަށް އިތުރު ފުރުސަތުތަކެއް

ކްރެޑިޓް ކާޑް ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ޕޮއިންޓްސް ލިބުމުގެ ފުރުސަތު--- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑީވްސް (ބީއެމްއެލްގެ)ގެ ރިވޯޑްސް ޕްރޮގްރާމަށް ރިޑީމް ކުރެވޭނެ އިތުރު ފުރުސަތުތަކެއް ލިބޭނެ ގޮތް އެ ބޭންކުން ހަމަޖައްސައިިފިއެވެ.

ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ. އަލަށް ދޭން ނިންމި ރިޑީމް ފުރުސަތުތަކުގެ ތެރެއިން މިހާރު ހުރި ގިފްޓް ކާޑު އަދި ފްލައިޓްސްއާއެކު އިތުރު ފުރުސަތުތައް ލިބޭނެ ކަމަށެވެ.

އޭގެ ތެރޭގައި، އެ ޕޮއިންޓުތައް ބޭނުންކޮށްގެން ގަތަރު އެއާވޭސް، އޭޝިއާ އަދި ސްރީލަންކަން ފަދަ އެކި އެއާލައިންތަކުން ފްރީކުއެންޓް މައިލްސް ހޯދޭނެކަމަށް އެ ބޭންކުން ބުނެފައިވެއެވެ.

އެއާއެކު މެންގޯ، އެޑިޑާސް، މިނީސޯ، ތައިވޮކް، ކޮކޯ ޓްރީސްގެ އިތުރުން ހަމީދިއާ އާއި ސޮނީ ސްޕޯޓްސް ފަދަ ރީޓެއިލް ފިހާރަތަކުން ވައުޗަރު ލިބޭނެކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.

އެކި އެއާލައިންތަކުން ފްރީކުއެންޓް މައިލްސް ހޯދޭނެ ފުރުސަތު--- ފޮޓޯ/ ބީއެމްއެލް

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުކްމަ ވިދާޅުވީ، އެ ޕްރޮގްރާމަކީ ރާއްޖޭގެ އެންމެ ބޮޑު ލޯޔަލްޓީ ޕްރޮގްރާމްކަމަށެވެ. އަދި މިހާރު އެ ޕްރޮގްރާމަށް އެއާލައިން މައިލްސް ރިޑީމް ކުރެވޭގޮތް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ބީއެމްއެލް ރިވޯޑްސްއަށް ބޭންކުގެ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ރަޖިސްޓަރު ކުރެވޭނެއެވެ. އެއަށްފަހު ކުރާ ވިޔަފާރިތަކަށް ޕޮއިންޓު ލިބޭނެއެވެ.

މި ޕޮއިންޓުތައް ބޭނުންކޮށްގެން އެއާލައިންތަކާއި، ހޮޓަލްތަކުގެ އިތުރުން އެ ނޫނަސް އެކި ބްރޭންޑުތަކުގެ ގިފްޓް ކާޑު ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.

comment ކޮމެންޓް