މި އަހަރުގެ ނޫސްވެރިކަމުގެ އެވޯޑުގެ މެއިން ޕާޓަނަރަކަށް ދިރާގު

ނޫސްވެރިކަމުގެ އިނާމުގެ މެއިން ޕާޓްނަރަކަށް ދިރާޖު ހަމަޖައްސައިފި --- ފޮޓޯ: ދިރާގު

މޯލްޑިވްސް މީޑީއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމުގެ މި އަހަރުގެ އެވޯޑު ހަފުލާގެ މެއިން ޕާޓްނަރެއްގެ ގޮތުގައި ދިރާގާއެކު މިއަދު ސޮއިކޮށްފިއެވެ.

މި އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމަށް ބާއްވާ ހަފުލާ އޮންނާނީ މާދަމާ ރެއެވެ. އެ ހަފުލާގައި 12 ކެޓަގަރީއަކުން ފާހަގަކުރެވޭ މޮޅު ނޫސްވެރިންނަށް އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ.

އެގޮތުން އެންމެ ޝަރަފުވެރި އިނާމުކަމަށްވާ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު ވެސް މާދަމާ ރޭ އޮންނަ ހަފުލާގައި ދޭނެއެވެ.

މި އެވޯޑަކީ ނޮމިނޭޓުވެފައިވާ ނޫސްވެރިންގެ ތެރެއިން ވޯޓާއި އެސްއެމްއެސް އެންމެ ގިނައިން ލިބޭ ނޫސްވެރިއަކަށް ލިބޭ އެވޯޑެކެވެ.

މި އިނާމަށް މި އަހަރު ހަތަރު ނޫސްވެރިން ވަނީ ނޮމިނޭޓުވެފައެވެ.

އެ ނޫސްވެރިންނަކީ:

  • އަލީ ޔާމީން - ވަން އޮންލައިން
  • އަހުމަދު ނާއިފް - ދައުރު
  • އާސިމާ ނިޒާރު - މިހާރު
  • ލައިސާ އަހުމަދު - ރާއްޖެ ޓީވީ

މީގެ އިތުރުން އިނާމު ދޭ އެހެން ކެޓަގަރީތަކުގެ ތެރޭގައި ޕްރިންޓާއި ބްރޯޑްކާސްޓާއި ފީޗާ ރިޕޯޓިންގެ އިތުރުން އިންވެސްޓިގޭޓިވް ޖާނަލިޒަމް ހިމެނެއެވެ. އަދި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ރިޕޯޓިން ދާއިރާއިން ވެސް ނޫސްވެރިންނަށް އިނާމުދެއެވެ.

ނޫސްވެރިކަމުގެ އެވޯޑަކީ ދިވެހި ނޫސްވެރިންގެ އަގުވަޒަންކޮށް، ނޫސްވެރިންގެ ކާމިޔާބު ފާހަގަކުރުމަށް އެމްއެމްސީއިން އިންތިޒާމުކުރާ ހަފުލާއެކެވެ.

comment ކޮމެންޓް